ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އިނގިރޭސިވިލާތުގެ ދެ އޮފިޝަލަކާއި ބައްދަލުކުރައްވައިފިއެވެ.
އާދިއްތަ ދުވަހު ޓުއަރިޒަމް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ އަލީ ވަހީދު ވަނީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފިރު ޖޭމްސް ޑޯރިސް އަދި ޔޫކޭ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ ސައުތު އޭޝީއާ ޑިޕާޓްމެންޓުގެ އިސްފަރާތްކަމަށްވާ ފާރގަސް އާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ވަނީ ފަތުރުވެރިކަމުގެ ދާއިރާކުރިއެރުވުމަށް ކުރެވޭނޭ ކަންތައްތަކާއި މެދު މަޝްވަރާކޮށްފައެވެ.
ޓުއަރިޒަމް ދާއިރާ ކުރިއެރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ދަނީ ފަތުރުވެރިކަމަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށްޓަކައި ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކޮށް އެ ރަށްތަކުގެ ވިޔަފާރިކުރާ ފަރާތްތަކާއި ބައްދަލުކުރަމުންނެވެ. .