އާޓިފިޝަލް ބީޗް ތެރޭގައި ފޮރުވާފައި ހުރި ތޫނު ހަތިޔާރު ތަކެއް ފުލުހުން ހޯދައިފިއެވެ.
ފުލުހުން ބުނީ ހޯދާފައި ހުރި ތޫނު ހަތިޔާރުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެނެސްފައިވާ ކަމަށެވެ. އެތަކެތި ފުލުހުން ހޯދާފައިވަނީ އާޓިފިޝަލް ބީޗު ތެރޭގައި ކުރީގެ ޑައިނަމޯ ހުރި ތަނުގައި ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ހޯދާފައިވާ ތޫނު ހަތިޔާރުގެ ތެރޭގައި ކަތިވަޅިއަކާއި ކަޓަރަކާއި ފިޔޮއްސަކާއި ތިން ވަޅި ހިމެނެއެވެ.