ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިއަދުވެސް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭކަމަށް މުސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނީ ގއ. އަތޮޅާއި އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހައްދަށް މޫސުން ގޯސްވެ ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ދެކުނު ސަރަހައްދަށް މޫސުން ގޯސްވެ، ފުވައްމުލަކާއި އައްޑޫ ހިމެނޭ ސަރަހަށްދަށް ހޮނިހިރު ދުވަހުގެ ރޭ އިރާކޮޅު ވަނީ ޔެލޯ އެލާޓް ނެރެފައެވެ. އަދި ގއ އަތޮޅާއި އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހައްދުތަކަށް ހޮނިހިރު ދުވަހުގެރޭ ދަންވަރު 1ން ފެށިގެން ހެނދުނު 6ށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށްލަފާކުރެވޭތީ ވަނީ ވައިޓް އެލާރޓް ނެރެފައެވެ.
ރާއްޖޭގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ހާދިސާތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އެގޮތުން މާލޭގައި މިދިޔަ ޑިސެމްބަރު މަހުގެ 5 ވަނަދުވަހުވެސް ވަނީ ބޯކޮށް ވާރޭ ވެހި އާދަޔާ ހިލާފަށް ފެންބޮޑުވެފައެވެ.