ލާމު ލިންކްރޯޑްގައި ނުރައްކާތެރި އެކްސިޓެންޓެއް ހިނގައި ދުވަސްވީ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ މިޑިއާ އޮފިސަރު ވިދާޅުވީ ލ. ފޮނަދޫ އެއަރޕޯޓު ކުރިމަތިން ސައިކަލަކާއި، ވޭނެއް ޖެހި އެކްސިޑެންޓެއް ހިނގިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހޮނިހިރު ދުވަހުގެ މެންދުރު 12:15 ހާއިރު ކަމަށެވެ.
އޮފިސަރު ވިދާޅުވީ މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ސައިކަލު ދުއްވަން އިން 56 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އަދި އޭނާގެ ކޮޑުހުޅު ބިއްދާގެން ދިއުމުގެ އިތުރުން މޭމައްޗަށް އިތުރު އަނިޔާތައް ލިބިފައިވާ ކަމަށް އޮފިސަރު ވިދާޅުވިއެވެ. އެ މީހާ އަށް ގަން ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރި ސަބަބުން ފުލުހުން ދަނީ ތަހުގީގު ކުރަމުންދާއިރު، މިއަދު މާލޭގައި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖެއް ވަނީ މަރުވެފައެވެ.