ބ. ދަރަވަންދޫގައި އެއަރޕޯޓުގެ ރަންވޭގެ ހުޅަނގުކޮޅު ވަލުތެރޭގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.
ފުލުހުން ބުނީ ދަރަވަންދޫ އެއަރޕޯޓުގެ ރަންވޭގެ ހުޅަނގުކޮޅު ވަލުތެރޭގައި އަލިފާން ރޯވިކަމުގެ ރިޕޯޓު ލިބިފައި ވަނީ 18:10 ހާއިރު ކަމަށެވެ.
އަލިފާން ނިންވުމަށް ދަރަވަންދޫ ޕޮލިހުންނާއި، ކައުންސިލްއާ އާންމު ރައްޔިތުން ބައިވެރިވި ކަމަށް ފުލުހުން ބުންޏެވެ. އަދި އަލިފާން ނިއްވުމަށް އެއަރޕޯޓުގެ ފަޔަރ ލޮރީ ބޭނުންކޮށްފައިވާ ކަމަށެވެ.
ގާތްގަނޑަކަށް 3000 އަކަފޫޓްގައި ރޯވި އަލިފާން މިހާރު ވަނީ ނިއްވާލާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ނުލިބެއެވެ.