ކ. މާލެ
|
2 ޖެނުއަރީ 2019 | ބުދަ 11:31
ދީޕިކާއާއި ކެޓްރީނާ
ދީޕިކާއާއި ކެޓްރީނާ
ބޮލީވުޑް ހަންގާމާ
ދީޕިކާއާއި ކެޓްރީނާ
ދީޕިކާއާއި ކެޓްރީނާއި ދެމެދު އޮތް ރުޅިވެރިކަން ނިމުމަކަށް ގެނައީ ރަންވީރު!
މިދެތަރިން ވާހަކަ ނުދައްކާތާ ގިނަ ދުވަސްވަނީ ވެފައި

ބޮލީވުޑް ތަރިންގެ މެދުގައި އެކުވެރިކަން ނޯންނަ ވާހަކައަކީ އަބަދުވެސް މީޑިއާގެ ފަލަސުރުޚީ ތަކުގައި ދައްކަމުންދާ ވާހަކައެކެވެ.

ތަރިންގެ މެދުގައި އޮންނަ ރުޅިވެރިކަމުގެ ވާހަކަ ދެކެވެމުންދާއިރު ބައެއް ތަރިން ގިނަ ދުވަސްތަކަށްފަހުވެސް ރަހުމަތްތެރިކަމުގެ ގުޅުން ބަދަހިކުރެއެވެ. އެގޮތުން ސަލްމާން ޚާންއާއި ޝާޙްރުކު ޚާނަކީވެސް ދާދި ފަހުން ރަހްމަތްތެރިކަން އަލުން ބަދަހިވެފައިވާ ދެތަރިންނެވެ.

ކޮންމެއަކަސް މިކަމަށް ބޮޅެއް އިތުރުވެގެންދިޔައީ ޒަމާންތަކެއް ވަންދެން ރުޅިވެރިކަމެއްގައި ތިބި ދިޕިކާ ޕަޑުކޯންއާއި ކެޓްރީނާ ކައިފް އަލުން ރަޙްމަތްތެރިންގެ ގޮތުގައި ފެނިގެން ދިއުމުންނެވެ. މި ދެތަރިންގެ ދެމެދުގައި ރުޅިވެރިކަމެއް އުފެދިފައިވަނީ، މިދެތަރިންވެސް ކުރިން ރައްޓެހިވިކަމަށް މީޑިޔާގައި އަޑުފެތުރިފައިވާ ރަންބީރު ކަޕޫރާއި އޮޮތް ގުޅުމެއްގެ ސަބަބުންނެވެ.  

އެތައް ދުވަހެއް ވަންދެން އެއްވެސް ވަރަކަށް ވާހަކަ ނުދައްކާ އުޅުމަށްފަހު އެންމެ ފަހުން ބޭއްވި ސްޓަރ ސްކްރީން އެވޯޑުގައި ދީޕިކާއާއި ކެޓްރީނާ ވަނީ ކަރާ ކަރުޖައްސާ ސަލާންކޮށްފައެވެ.

މިހަފްލާގައި ފިލްމު ޕަދްމަވަތީގައި ރަންވީރު ކުޅެފައިވާ ސުލްތާން އަލާއުދީން ޚިލްޖީއަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބުމުން ކެޓްރީނާ ވަނީ ރަންވީރަށް ވަގުތުން މަރުހަބާކިޔާފައެވެ. އަދި ރަންވީރު ވަނީ ކެޓްރީނާ، ދީޕިކާ ކައިރިއަށް ގެންގޮސް ދެމީހުން އެކަކު އަނެކަކަށް ބައްދަލުކުރުވާފައެވެ. އަދި ދީޕިކާއާއި ކެޓްރީނާ ވަނީ ހިނިތުންވުމާއި އެކު އެކަކު އަނެކަކަށް ސަލާންކޮށްފައެވެ.

ދީޕިކާއާއި ރަންވީރުގެ ކައިވެނީގެ ހަފްލާއަށް ދިއުމަށްފަހު ދީޕިކާއާއި ކެޓްރީނާވަނީ އިންސްޓަރގްރާމުން ފޮލޯކޮށްފައެވެ.

ކެޓްރީނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ސަލްމާންޚާންއާއި އެކު ފިލްމު ބާރަތުއިންނެވެ.

ދީޕިކާއާއި ރަންވީރު މިވަގުތު ހަނީމޫން ހޭދަކުރަމުންދާއިރު، ހަނީމޫނަށްފަހު ދީޕިކާ އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާ ޗަޕާކްގެ މަސައްކަތް ފަށާނެއެވެ.

- ކޮމެންޓް