ކ. މާލެ
|
2 ޖެނުއަރީ 2019 | ބުދަ 05:29
ރަންވީރު ސިންގްގެ ގުލީ ބޯއީ
ރަންވީރު ސިންގްގެ ގުލީ ބޯއީ
ބޮލީވުޑް ލައިފް
ގުލީ ބޯއީ
ރަންވީރުގެ 'ގުލީ ބޯއީ'ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
މިފިލްމު ރިލީޒްކުރާނީ ފެބްރުއަރީ 14ގައި

ކާމިޔާބު ގިނަ ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާ މަޝްހޫރު އެކްޓަރު ރަންވީރު ސިންހް ދެން އެންމެ އަވަހަށް ފެނިގެންދާ 'ގުލީ ބޯއި'ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ.

މިފިލްމުގެ ފުރަތަމަ ޕޯސްޓަރު ރަންވީރު ވަނީ ޓުވީޓުކޮށްފައެވެ. ޒޯޔާ އަޚްތަރުގެ މިފިލްމުގައި ރަންވީރާއެކު ފެނިގެންދާނީ އާލިޔާ ބަޓެވެ. މިއީ މި ދެތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފަހަރެވެ.

ފެބްރުއަރީ 14، 2019 ވަނަ ދުވަހު ރިލީޒް ކުރުމަށް ތައްޔާރުވަމުންދާ މިފިލްގެ ފުރަތަމަ ޕޯސްޓަރުގައި ފެނިގެންދަނީ ކޯރިއެއް އަޅައިގެން ފުރަގަހުން ނަގާފައިވާ ފޮޓޯއެކެވެ.

ގުލީ ބޯއީ ވަނީ 69 ވަނަ ބާރލިން އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލްގައި ޕްރިމިއަރ ކުރުމުގެ ފުރުޞަތުވެސް ލިބިފައެވެ.

މިފިލްމުގެ މައިގަނޑު ވާހަކަ ބިނާކޮށްފައިވަނީ މުމްބާއީ މަގުމަތީގައި މިއުކިޒު ކުޅުމަށް ހަރަކާތްތެރިވާ ސްޓްރީރް ރެޕާސްއިންގެ މައްޗަށެވެ. ރަންވީރު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ފިލްމު ސިމްބާއިންނެއެވެ. މިފިލްމު މިހާރު ސިނަމާތަކުގައި ދައްކަމުންދާއިރު ބެލުންތެރިންގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. 

- ކޮމެންޓް