މަޝްހޫރު ތަރި ވަރުން ދަވަން އޭނާ މިހާ ދުވަހު ރައްޓެހިވެގެން އުޅުނީ ނަތާޝާ ދަލާލްއާއި ކަމަށާއި އޭނާ އާއި ކައިވެނިކުރަން ބޭނުންވާ ކަން ހާމަކޮށްފިއެވެ.
ވަރުން އާއި ނަތާޝާ ރައްޓެހިވެގެން އުޅޭކަމަށް އަޑުތައް ފެތުރިފައިވި ނަމަވެސް މިކަން މި ދެމީހުން ކުރެ އެކަކުވެސް މީގެ ކުރިން ސޯޝަލް މީޑިއާ އަށް ހާމަކޮށްފަ އެއް ނުވެއެވެ.
ސުޕަރހިޓް ފިލްމު ސުއި ދާގާ ވެސް ކުޅެފައިވާ ވަރުން ވަނީ ކޮފީ ވިތް ކަރަން ޝޯވްގައި ނަތާޝާ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ވެސް އެއްބަސްވެފައެވެ.
އެގޮތުން ވަރުން ބުނީ ނަތާޝާ އާއި ކައިވެނިކުރުމަށް ޕްލޭން ވެސް ކުރަމުން އަންނަ ކަމަށެވެ.
ވަރުން ބުނެފައި ވަނީ ނަތާޝާއަކީ ވަރަށް އާދައިގެ ދިރިއުޅުމަކަށް ލޯބިކުރާ ކުއްޖެއް ކަމަށާއި ނަތާޝާ ބޭނުންވާ ގޮތަށް ކަންތައް ކޮށްދޭން އޭނާ ވެސް ވަރަށް ބޭނުންވާ ކަމަށެވެ.
ވަރުން ދެން އެންމެ އަވަހަށް ފެނިގެންދާނީ ކަލަންކް އިންނެވެ. މިއީ އަބީޝެކް ވާރމެންގެ ފިލްމެކެވެ.