ކ. މާލެ
|
8 ނޮވެންބަރ 2018 | ބުރާސްފަތި 10:50
ސަލްމާން އާއި ޝާހްރުކު ޚާން: އެކުގައި ފިލްމުތަކުން ފެނިގެން ގޮސްފައިވޭ
ސަލްމާން އާއި ޝާހްރުކު ޚާން: އެކުގައި ފިލްމުތަކުން ފެނިގެން ގޮސްފައިވޭ
ގޫގުލް
ފިލްމު ޒީރޯ
ޒީރޯ ޕްރޮމޯޓްކުރަން ޝާހްރުކު ބިގްބޮސް އަށް'
 
ފިލްމް ރިލީޒް ކުރާނީ ޑިސެމްބަރު 21ގައި
 
މި ފިލްމްގައި ޝާހް ފެނިގެންދާނީ ޑްވާފެއްގެ ގޮތުގައި

މި އަހަރުގެ އެންމެ ބޮޑު އެއް ފިލްމް ކަމަށްވާ "ޒީރޯ" ޕްރޮމޯޓް ކުރުމަށް ސަލްމާން ޚާން ހުށަހަޅައިދޭ ބިގް ބޮސް 12 ގައި ބައިވެރިވެއްޖެއެވެ.

ފާއިތުވި 25 އަހަރު ދުވަހުގެ ތެރޭގައި ބޮލީވުޑުގައި އެންމެ މަޤްބޫލު ސުޕާރސްޓާރުންގެ ގޮތުގައި މަޝްހޫރުވެފައިވާ ސަލްމާން ޚާން އާއި ޝާހްރުކު ޚާން އެކުގައި އެއް ސްޓޭޖަކުން ބަލާލަން އަބަދު ވެސް އެދެމީހުންގެ ފޭނުން ތިބެނީ ކެތް މަދުވެފައެވެ.

ތަފާތު އެކި މައްސަލަތައް ދިމާވެ މި ދެތަރިންގެ ރަޙްމަތްތެރިކަމަށް ހީނަރުކަން އައިސް އޮތުމަށް ފަހު ވަރަށް ފަހުން ވަނީ މިކަންކަން ފަހަތަށް ޖައްސާލުމަށް ފަހު އަލުން ގުޅުން ބަދަހި ކޮށްފައެވެ.

އެގޮތުން ކަލާސް އިން ދައްކާ މަޝްހޫރު ރިއަލިޓީ ޝޯވް ބިގްބޮސް އިން ޝާހްރުކު ފެނިގެން ދާނީ ނޮވެމްބަރ 24 އަދި 25 ވަނަ ދުވަހު ދައްކާ ވީކެންޑް ކާ ވާރް އެޕިސޯޑުތަކުންނެވެ.

މީގެ ކުރިންވެސް ޝާހްރުކު ވަނީ ބިގްބޮސްގެ އެޕިސޯޑެއްގައި ބައިވެރިވެފައެވެ. ޝާހްރުކު ޚާނާއި ސަލްމާން ޚާން އެކުގައި ކުޅެފައި ހުރި ފިލްމު ތަކުގެ ތެރޭގައި 'ކަރަން އަރުޖުން' 'ކުޗް ކުޗް ހޯތާހޭ" ފަދަ ބްލޮކްބަސްޓަރ ފިލްމުތައް ހިމެނެއެެވެ.  

މި ފިލްމް ޕްރޮޑިއުސަރ ކަރަން ޖޯހަރު ވެސް ބުނެފައި ވަނީ މި ފިލްމު "ބްލޮކް ބާސްޓަރ" އަކަށް ވެގެންދާނެ ކަމަށެވެ. މީގެ އިތުރުން ބޮލީވުޑްގެ ގިނަ ފަންނާނުން ވަނީ މި ފިމްލުގެ ޓްރެއިލާ އަށް ތައުރީފް ކޮށްފައެވެ.

 

އާނަންދް އެލް ރާއީ ޑައިރެކްޓް ކުރާ މި ފިލްމްގައި ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު 21 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އުތުރުތިލަފަޅުގައި އިންޑިޔާ އަސްކަރީ މީހަކު ނެތް: ސަރުކާރު
މަދީނާގައި ތައުލީމު ޙާޞިލްކުރަމުންދާ ދިވެހި ދަރިވަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
ރާއްޖޭގައި މަދަނީން ބައިތިއްބަން ނިންމީ އިންޑިޔާ ސަރުކާރުންތޯ ރާއްޖޭގެ ސަރުކާރުންތޯ ކުރި ސުވާލަށް ޖަވާބެއް ނެތް
ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
ރާއްޖޭގެ އަސްކަރިއްޔާގައި ޑޯނިއަރ އަދި ހެލިކަޕްޓަރު ދުއްވޭ ފެންވަރުގެ ޤާބިލު ސިފައިންނެއް ނެތް: ސަރުކާރު
ސެނަހިޔާގައި މަސައްކަތްކުރާ އިންޑިއާގެ ޑޮކްޓަރުން ތިބޭނެ، ފޮނުވާލީ 76 ސިފައިން: ސަރުކާރު
މަދަނީންގެ ގޮތުގައި އައީ އެ އުޅަނދުތައް އުފެއްދި ކުންފުނީގެ މީހުން: ސަރުކާރު
ފަލަސްތީނަށް މިނިވަންކަން ނުދޭން އެމެރިކާ އާއި އިޒްރޭލުން ކުރާ މަސައްކަތުގައި އެ ދެގައުމު ދުނިޔޭގެ ކުރިމަތީގައި ބާކީވެ އެކަހެރިވަނީ