ކުރީގެ ރައީސް ނަޝީދު މާލެ ވަޑައިގަތުމާއި އެކު މިއަދު ފެނިގެން މިދަނީ މުސްތަޤްބަލް ގެއްލިގެންނުދާނެކަން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވައި ރާއްޖެޓީވީއާ ވާހަކަ ދައްކަވަމުން ރައީސް ސޯލިޙް ވިދާޅުވީ މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށާއި އެތައް ދުވަހެއް ވަންދެން ކުރަމުން އައި މަސައްކަތްތައް އަނެއްކާ ވެސް އައު ހަރުފަތަކަށް އެރުނު ދުވަހެއް ކަމަށެވެ.
އިންތިހާބީ ރައީސް ސޯލިޙް ވިދާޅުވީ ދިމާވި ކަންތައްތަކާއި ހުރެ ޑިމޮކްރަސީއަށް އެތައް ހުރަސްތަކެއް އެޅިގެން ދިޔަ ކަމަށެވެ. ނަމަވެސް އެތައް ބައެއްގެ ބުރަ މަސައްކަތުން އަނެއްކާ ވެސް މިއަދު ފެނިގެން މިދަނީ މުސްތަޤްބަލް އަދި ގެއްލިގެން ނުދާ ކަން ކަމަށް އިންތިހާބީ ރައީސް ވިދާޅުވިއެވެ.
އިރާދަކުރެއްވިއްޔާ އެންމެން އެކުގައި ކުރާ މިމަ ސައްކަތުން ބޭނުންވާ މިނިވަންކަމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، އަސާސީ ހައްގުތައް އަނެއްކާ ވެސް ފުރިހަމައަށް ލިބިގެންދާނެކަން ފެނިގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ގުޅިގެން އެކުގައި ކުރާ މަސައްކަތަށް ހީނަރުކަމެއް ނައިސް ކުރިއަށްދާނެ ކަމުގެ ޔަޤީންކަން މިއަދު ލިބިގެން ހިނގައްޖެ ކަމަށް ވެސް އިންތިހާބީ ރައީސް ސޯލިޙް ވިދާޅުވިއެވެ.
އިންތިހާބީ ރައީސް ސޯލިހް މިއަދު ލަންކާ އިން ރާއްޖެ ވަޑައިގެންނެވީ ކުރީގެ ރައީސް ނަޝީދާ އެކުއެވެ.