މެންބަރުންގެ މުސާރަ ބޮޑުކުރުމަށް ގޮވާލެއްވުމުން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރުމަތިލައްވާނެ ކަން އިއުލާނު ކުރެއްވުމަށް ފަހު އަބްދުއްރަހީމް ވަނީ މަޖިލީހުގެ ރައީސްކަން ލިބިއްޖެ ކަމުގައިވާ ނަމަ މެންބަރުންގެ މުސާރަ 150000 އަށް ހަމަޖައްސަން ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.
Alhugan’dah Majilis Raees kan libijje nana membarunge musaara 150,000/- ah hama jahsan hushahalhaanan.IA #ManifestoAR
— Abdul Raheem Abdulla (@Banafsaa) October 24, 2018
ސޯޝަލް މީޑިޔާގައި ގިނަ ބައެއްގެ ފާޑުކިޔުން އަބްދުއްރަހީމަށް އަމާޒުވި އިރު މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ އެކަމާ ގުޅިގެން ފާޑުވިދާޅުވެފައެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވެފައި ވަނީ ރައްޔިތުން ޕީޕީއެމް އަށް ނޫނެކޭ ބުނެފައި ވަނީ ތިފަދަ ސަބަބުތަކާ ހުރެ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންނަށް މުސާރަ ބޮޑުކުރުމުގެ ބަދަލުގައި އާންމު ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާއަށް ހަރަދު ކުރުން ވެސް މާ ރަނގަޅު ކަމަށެވެ.
Rayyithun thi beyfulhunnah noonekey bunee thikahala gina sababuthakah! Member in ge musaara Bodu kuran nujehey! Thi vidhaalhu vanee maheh ge machchah haekka million rufiyaa ge vaahaka e faisaa nikamethi rayyithunnah corruption aai nulaa Beysfaruvaa ah kharadhu kurun maa muhimmu
— Ibrahim M Didi (@ibrahimmdidi) October 25, 2018
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފު ވިދާޅުވީ، އަބްދުއްރަހީމް މަޖިލީހުގެ ރައީސްގެ މަގާމަށް ކުރިމަތި ނުލައްވާ ނަމަ ހުރިހާ މެންބަރުންގެ މުސާރަ ވެސް ދީފާނެ ކަމަށެވެ. އަދި މަޖިލީހުގެ މުސާރަ ބޮޑުކުރުމަށް ވުރެ އެގޮތް މާ ރަނގަޅުވާނެ ކަމަށް އޭނާ ވިދަޅުވިއެވެ.
Adhurey kurimathi nulanyaa alhugandumen hurihaa MPs ge musaara Adhurey ah dheefaanan. Egoiy maa rangalhuvaane. https://t.co/dHuoYkfjWl
— Ahmed Mahloof (@AhmedMahloof) October 24, 2018
މެންބަރުންގެ އިތުރަށް އާންމުން ވެސް ވަނީ އަބްދުއްރަހީމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ޓްވީޓާގައި ކަންބޮޑުވުން ފާޅުކުރި މީހަކު ބުނީ މަޖިލީހުގެ މެންބަރުންގެ މުސާރައަކީ މަޖިލީހުގެ މެންބަރުން އަމިއްލައަށް ނިންމަން ޖެހޭ އެއްޗެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. މަޖިލީހަށް ހޮވިވަޑައިގަތީ މަޖިލީހުގެ މެންބަރުންނަށް ވައުދުތަކެއްވެ، ރުހުން ހޯދުމަށް ނޫން ކަމަށާއި ދާއިރާގެ މެންބަރުން އެމަގާމަށް ހޮވާފައި ވަނީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށެވެ. އެހެންކަމުން އެންމެ ފުރަތަމަ މަޖިލީހުގެ ތެރެއިން އަދާކުރަންޖެހޭ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ގޮވާލެއްވިއެވެ.
A sitting parliament shouldn't be allowed to decide their own salary and benefits. Also, your fellow MPs aren't your constituents to make pledges to - your constituents are the voters that expect you to make the govt. accountable. Do your job first, then ask for a raise.
— Midhath Rasheed (@Midde_) October 24, 2018
އެހެން މީހަކު ބުނީ މަޖިލީހުގެ މުސާރަ އަދިވެސް ކުޑަވެގެން އުޅޭއިރު ރައްޔިތު މީހާއަށް ލިބެނީ 5000ރ. ކަމަށެވެ.
އެހެން މީހަކު ބުނީ މިއީ ބަހުސް ކުރަންޖެހޭ ވަރު ކަމެއް ވެސް ނޫން ކަމަށާއި މިކަން ހުއްޓުވަންޖެހޭ ކަމަށެވެ. އަދި މިއީ މަޖިލީހުގެ މެންބަރެއްގެ ފަރާތުން ފެންނަ ހުތުރު މަންޒަރެއް ކަމަށް އޭނާ ބުންޏެވެ.
ޓްވިޓާގައި ފާޑުކީ އެހެން މީހަކު ބުނީ، ރައްޔިތުން މަޖިލީހަށް ހޮވުމުން ރައްޔިތުންނަށް ފައިދާވާނެ ކަންކަން ކޮށްދިނުމުގެ ބަދަލުގައި މަސައްކަތްކުރަނީ އަމިއްލަ ޖީބު ބޮޑު ކުރުމަށެވެ.
There should be no debating this. It should be stopped. These greedy unqualified MP's should not be allowed to mess around with public funds. Truly disgusting behavior by this man to bribe the MP's into voting for him. Zero integrity. Only politics to benefit his ambitions.
— Def.Dum (@BlindEyeShut) October 25, 2018
ފާޑުކިޔާފައިވާ އެހެން މީހަކު ބުނީ ފިނޭންސް މިނިސްޓްރީ އާއި ރައީސް އޮފީހަށް މަޖިލީހުގެ މެންބަރުންގެ މުސާރަ ކޮންޓްރޯލް ކުރެވޭނެ ގޮތްތަކެއް ފަހިވާންޖެހޭ ކަމަށެވެ.
މީގެ އިތުރުން ވެސް އެތައް ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އަބްދުއްރަހީމަށް ވަރަށް ބޮޑަށް އަދި ހުތުރުކޮށް ފާޑުކިޔާފައެވެ. ބައެއް ފަރާތްތަކުން ވަނީ ބުނެފައި ވަނީ މެންބަރުންގެ މުސާރަ މެންބަރުން އަމިއްލަ އަށް ކަނޑައެޅުމުގެ ބާރު އޮތުމަކީ ވެސް ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.
އަބްދުލް ރަހީމުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މަޖިލީހުގެ ރައީސް ކަމަށް ކަނޑައެޅުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ނިންމާފައެވެ.