ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމާ ގުޅޭ މައްސަލައާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައިގެ ލިޔުމުގައި ސޮއިކުރެއްވި ނަމަވެސް އަދިވެސް މިތިއްބެވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފަހަތްފުޅުގައި ކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.
މި ދެމައްސަލައިގެ ލިޔުމުގައި ޕީޕީއެމްގެ މަޖިލީހުގެ ބައެއް މެންބަރުން ސޮއިކުރެއްވުމާއި ގުޅިގެން އެބޭފުޅުން ރައީސް ޔާމީންއާ ދެކޮޅުވެ، ދުރަށް ޖެހިވަޑައިގަތީ ކަމަށް އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް މިވާހަކަތަކަށް ރައްދުދެއްވާ ބައެއް ޕީޕީއެމް މެންބަރުން ބުނީ މިމައްސަލާގައި ސޮއިކުރެއްވުމަކީ ރައީސް ޔާމީންއާ ދެކޮޅުވުން ނޫން ކަމަށެވެ.
Signing a motion and actually voting for it are two very different things. Be careful what you say. My loyalty stands with RY.
— Yamin Rasheed (@YaminRasheed) October 24, 2018
އެގޮތުން ދެމައްސަލާގައި ވެސް ސޮއި ކުރެއްވި މެމްބަރުންގެ ތެރެއިން ވެލިދޫ ދާއިރާގެ އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވީ ހުށަހެޅުމުގައި ސޮއިކުރުމާއި އަދި ވޯޓު ދިނުމަކީ ތަފާތު ކަމެއް ކަމަށާއި، ބުނާ އެއްޗަކާއި މެދު ވިސްނާލަން ޖެހޭ ކަމަށެވެ. އަދިވެސް މިހުންނެވީ ރައީސް ޔާމިންގެ ފަހަތްފުޅުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރަށް ޔާމީން ވިދާޅުވީ އިންސާނާގެ މިނިވަން ކަމަކީ ހަޔާތުގެ އެންމެ މުގައްދަސް އެއްއަސާސް ކަމަށާއި، މިނިވަންކަމަށް ތާއަބަދު ވަކާލާތު ކުރަންޖެހޭ ކަމަށެވެ.
Insaanaa ge minivan kamakee, hayaatheh ge emme mugadhdhas eh asaas. Minivan kamah thaa’abadhu vakaalaathu kuran jehey.
— Yamin Rasheed (@YaminRasheed) October 24, 2018
ޔާމީން މިމޭރުމުން ޓްވީޓް ކުރައްވާފައިވަނީ ރައީސް ނާޝީދު ،މިނިވަންކުރުމާއި ގުޅޭ ގޮތުން ކަމަށް ބެލެވެއެވެ.
މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިކުރެއްވީ މަސީހުގެ މަސައްކަތްތަކާއި، އަމަލު ކުރައްވާ ގޮތުން ހިތްހަމަ ނުޖެހޭތީ ކަމަށެވެ. މަސީހުއާ ދެކޮޅަށް ނުކުންނެވި ނަމަވެސް ރައީސް ޔާމީންއާ ދުރަށްޖެހިވަޑައި ނުގަންނަވާ ކަމަށެވެ.
Maseeh ge no confidence motion ga soi koffin. PPM aa RY aa dhurakah nudhan
— Muaz Muhammad Rashyd (@muazmr) October 24, 2018
ރައީސް ނަޝީދު މިނިވަން ކުރުމާ ގުޅޭ މައްސަލައާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަގައި ލިޔުމުގައި ޕީޕީއެމްގެ މެންބަރުން ސޮއިކުރައްވާފާތީ އެޕާޓީގެ ތެރޭގައި ވަނީ މައްސަލަ ހޫނުވެފައެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 51 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅީ ބުދަ ދުވަހުއެވެ. މި މައްސަލައިގައި ސޮއި ކުރެއްވި 51 މެންބަރުންގެ ސޮއިތަކަކީ މިހާރު ސުޕްރީމް ކޯޓުގައި މައްސަލަ އޮތް 8 މެންބަރުންގެ ސޮއިއާނުލައެވެ.