ޖުމްހޫރީ ޕާޓީގެ ލީޑަރުކަމުގެ މަޤާމަށް އެ ޕާޓީގެ ބާނީ ޤާސިމް އިބްރާހިމް ކުރިމަތިލައްވައިފި އެވެ.
ކުރިން ވެސް ޤާސިމް ހުންނެވީ ޕާޓީގެ ލީޑަރުކަމުގެ މަޤާމުގަ އެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި އެ ޕާޓީގެ ކޮންގެރެސްގައި ޕާޓީގެ ލީޑަރަކު އިންތިހާބުކޮށްފަ އެއް ނުވެ އެވެ. ސަބަބެއްކަމަށް ކޮންގްރެސް އިން ފާސްކޮށްފައި ވަނީ ޤާސިމް އިބްރާހިމަށް މަޤާމަށް ކުރިމަތި ނުލެއްވެވުމެވެ.
ޤާސިމް އިބްރާހިމަށް އެ މަޤާމަށް ކުރރިމަތި ނު ލެއްވުނީ އޭރު އޭނާގެ މައްޗަށް ރިޝްވަތުގެ ކުށް ސާބިތުކޮށް ޖަލަށް ހުކުމްކޮށްފައި ވާތީ އެވެ. ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގައިވާ ގޮތުން ހުކުމް ތަންފީޒްކުރާ މީހަކަށް ސިޔާސީ ޕާޓީ އެއްގެ އެއްވެސް މަޤާމެއް ނުފުރެއްވޭނެ އެވެ.
ޤާސިމް އިބްރާހިމް، އަލުން މަޤާމަށް ކުރިމަތިލެއްވި އިރު، އޭނާގެ މައްޗަށް އިއްވި ޖަލު ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ ބާތިލްކުރުމާ ގުޅިގެން ވަނީ މިނިވަންވެފަ އެވެ.