ސިޔާސީ ވެރިން ދޫކޮށްލުމަށް ސްޕްރީމް ކޯޓުން ނެރުނު އަމުރު އަލުން ރިވިއުކޮށް ހުކުމެއް ދެއްވުމަކީ ގައުމުގެ ހަމަޖެހުމަށް ލިބޭނެ ކުރިއެރުމެއް ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު މާރިޔާ އަހްމަދުދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސްޕްރީމް ކޯޓުގެ އެކެއް ފެބުރުއަރީގައި ސިޔާސީ ޕާޓީތަކުގެ ވެރިން ދޫކުރުމަށް ސުޕްރީމް ކޯޓުން ނެރެފައިވާ ހުކުމް އަދި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ލިބިދީފައިވާ "އިންހެރެންޓް އިހްތިސާސް"ގެ ތެރެއިން އެ ހުކުމް ރިވިއުކޮށް ހުކުމެއް ނެރެދެއްވުމަކީ ގައުމުގެ ހަމަޖެހުމަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ދެކިލައްވާ ކަމަށެވެ.
މާރީޔާ މި ޓްވީޓް ކުރައްވާފައިވަނީ ޤައުމުގެ ހަމަޖެހުން ލިބޭނީ ރައީސް ނަޝީދާއި ޝައިޚް އިމްރާން މިނިވަން ކުރެވިގެން ކަމަށް ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ކުރެއްވި ޓްވީޓް އެޓޭޗް ކުރައްވާފައެވެ.
Supreme Court ge 1 Feb hukm gai Siyaasee Party thakuge verin dhookurumah SC’n nerefaivaa hukm, SC ge Fandyarun ge “inherent ihthisaas” therein review kuravvaa hukmeh dhevvun e ee qawmuge hamajehumah libeyne bodu kurierumeh kamah qabool kurevey. Dhivehin beynunvey qawm hamajehen! https://t.co/WTgSbDQyOz
— Mariya Didi (@MariyaDidi) October 23, 2018
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެންމެ މުހިއްމު އެއް ވައުދަކީ ސިޔާސީ ކުށްވެރިން ދޫކޮށްލުމެވެ. ގުޅިފައިވާ ޕާޓީތަކުގެ ހަތަރު ލީޑަރުން ވެސް ކުރިން ތިއްބެވީ ބަންދުގައެވެ. އޭގެ ތެރެއިން ކުރީގެ ރައީސް މައުމޫން އާއި ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ޤާސިމް އިބްރާހީމް މިނިވަން ކޮށްފައިވާއިރު ކުރީގެ ރައީސް ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން މިވަގުތުވެސް ތިއްބެވީ ހުކުމެއްގައެވެ.