ނިމިދިޔަ ރިޔާސީ އިންތިޚާބު ބާތިލް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަޑިޔާރުން ކަނޑައެޅުމުން ސާބިތުވީ އަދުލްއިންސާފު ދިރިދެމި އޮތްކަން ކަމަށް ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން އިންތިޚާބު ބާތިލް ކުރުމަށް ހުށަހެޅި މައްސަލަގެ ހުކުމް އާދިއްތަ ދުވަހު ވަނީ އިއްވާފައެވެ. މިހުކުމްގައި ސްޕްރިމް ކޯޓުން ބުނެފައިވަނީ އިންތިޚާބު ބާލިތް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
ސުޕްރިމްކޯޓުގެ މިހުކުމާއި ގުޅިގެން އުފާފާޅު ކުރައްވާ ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަނޑިޔާރުން ސާބިތު ކޮށްދެއްވީ އަދުލު އިންސާފު ދިރިއޮތްކަން ކަމަށާއި އަނިޔާވެރިކަން އެއީ ހައްގު ނޫންކަމަށެވެ.
Alhamdhu Lillahi Sukuru Miadhu Fisaari saabithu kamaaeku SC ge Fandiyaarun Saabithu thiya kohdhehvee Adhulu insaafu dhiridhemioiy kan . Adhi Aaniyaa verikan e ee Hahqu noonkan . Makaraa heelathakee insaafu noon kan . Nasru libeynee Hahqu gothugai thibibayakah kan . In Shaa Allah
— Qasim Ibrahim (@qasimibrahim) October 21, 2018
ގާސިމް ވިދާޅުވީ މަކަރާއި ހީލަތްއެއީ އިންސާފު ނޫން ކަމަށާއި ނަސްރު ލިބެނީ ހައްގު މަގުގައި ތިބި ބަޔަކަށް ކަމަށެވެ.
ސުޕްރިމް ކޯޓުގެ މިހުކުމާއި ގުޅިގެން ގިނަ ބަޔަކު އުފާކުރަމުންދާއިރު، އިންތިޚާބުގައި ހިންގާފައިވާ ޖިނާއީ މައްސަލަތައް ތަހުގީގް ކުރުމަށް ފުލުހުންނަށް މައްސަލަ ހުށަހަޅާނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.