އިންތިހާބަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ހައްގެއް ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަދި އިންތިހާބީ ރައީސްގެ ތަރުޖަމާނު މާރިއާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ ކުރައްވާފައިވާ ޓްވީޓުގައި މިހެން ހާމަކޮށްފައިވަނީ ސިފައިން ރައްޔިތުންގެ ހުކުމް ދިފާއު ކުރާނެ ކަމަށް ބުނެ ލިޔުން ސިފައިންގެއަށް އެޅި ވާހަކަ މީޑިއާގައި ފެތުރުމާ ގުޅިގެން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ފޭސްބުކްގައި ލިޔުއްވާފައިވާ ސްޓޭޓަސްއާ ގުޅިގެންނެވެ.
Sifain Rayyithunge hukm dhifau kuraane kamah bune liun thakeh Sifainge ah elhi vaahaka media ga fethurumun Min AdamShareef FB ga sifain siyasy nuvumah post kurevvi kamahvey. Intihabaky Siyasy kamehnoon; e ee rayyithunge haqeh. E ee Qawm aai Rayyithunge haqthah dhifau kurumaky.
— Mariya Didi (@MariyaDidi) October 21, 2018
މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވެފައި ވަނީ ދިވެހި ސިފައިންނަނީ ގާނޫނު އަސާސީއާ ސިފައިންގެ ގާނޫނުން ލާޒިމުކުރާ ޒިންމާތަކެއް އުފުލަންޖެހޭ ބައެއް ކަމަށެވެ. ސިޔާސީ ކަންކަމާ ދުރުހެލި އަދި ދުރުހެލިވާން ޖެހޭ ބައެއް ކަމަށާއި ރިޔާސީ އިންތިހާބަށް ފަހު ވެސް މިއަދާ ހަމައަށް ވެސް އެއްވެސް ވަރަކަށް ސިޔާސީ ކަމެއް ސިފައިންގެ ތެރެއިން ނުފެންނަ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
މާރިޔާ ވިދާޅުވީ އިންތިހާބަކީ ރައްޔިތުންގެ ހައްގު ކަމަށްވާއިރު އެއީ ރައްޔިތުންގެ ހުކުމް ދިފާއު ކުރުމަކީ ގައުމާ ރައްޔިތުންގެ ހައްގުތައް ދިފާއު ކުރުން ކަމަށެވެ.