މޫސުމާއި ބެހޭ މުހިންމު މައުލޫމާތާއި، އެލާޓުތައް ފޯރުކޮށްދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާއްސަ ވައިބާ ޕަބްލިކް ޗެޓެއް އުފައްދައިފި އެވެ.
މެޓް އޮފީހުން ބުނީ އެ ޕަބްލިކް ޗެޓުން ކޮންމެ ދުވަހެއް މޫސުމާއި ބެހޭ މައުލޫމާތު ލިބޭނެ ކަމަށާއި، ބިން ހެލުމާއި، ސުނާމީ ފަދަ ކާރިސާތަކުގެ އެލާޓުގެ ވެސް ލިބޭނެ ކަމަށެވެ.
މެޓް އޮފީހުން ބުނީ މިފަދަ ވައިބާ ޕަބްލިކް ޗެޓެއް އުފެއްދީ މުހިންމު އެލާޓުތައް ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުންނަށް އެއްފަހަރާ ފޯރު ކޮށްދިނުން ކަމަށެވެ.
To cater for a wider audience in providing weather, earthquake and tsunami Alerts and daily weather update, we have created a community Viber group.
— Maldives Meteorology (@MetMaldives) October 19, 2018
Those who wish to continue recieving these Alerts and weather information, kindly join "MV_WeatherAlertService" viber group. pic.twitter.com/gN9lh48b8V
މެޓް އޮފީހުގެ ޕަބްލިކް ޗެޓަށް ވަނުމަށް ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާއިރު، މީގެ ކުރިން މެޓް އޮފީހުން މޫސުމާއި ބެހޭ މައުލޫމާތު ފޯރުކޮށްދެމުން އައީ އެ އިދާރާގެ ޓްވިޓާ އަދި ފޭސްބުކް އެކައުންޓު މެދުވެރިކޮށްގެނެވެ.