އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސާލިޙް ބައިވެރިވެ ވަޑައިގެންނަވާ ޚާއްސަ އިވެންޓެއް ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހު ހަވީރު 4:00 ގައި އެމްޑީޕީ ހަރުގޭގައެވެ. މި ހަރަކާތަށް އާންމުންނަށް ވަނީ ދައުވަތު އަރުވާފައެވެ. މީގެ ކުރިން ވެސް ހުކުރު ދުވަސްތަކުގައި އިންތިހާބީ ރައީސްގެ ކާމިޔާބީ ފާހަގަކުރުމަށް އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން ގެންދަނީ އެމްޑީޕީ ހަރުގެ ހިމެނޭ ސަރަހައްދުގައި ހަރަކާތްތައް ބާއްވަމުންނެވެ.
ބޮޑު ތަފާތަކުން ރިޔާސީ އިންތިޚާބް ކާމިޔާބު ކުރެއްވުމާ ގުޅިގެން މާލެ އާއި ރާއްޖޭހެ އެކި ކަންކޮޅުތަކުގައި ގެންދަނީ އުފާ ފަޅުކުރުމުގެ ހަފްލާތައް ބާއްވަމުންނެވެ. މާލޭ ގައި ބާއްވާ އުފާ ފާޅުކުރުމުގެ ހަފްލާ ތަކުގައި އިންތިހާބީ ރައީސް އާއި އިންތިޚާބީ ނާއިބް ރައީސް ފައިސަލް ގެންދަ ވަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.