އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރާއްޖެ ޓީވީ އަށް ޒިޔާރަތް ކުރައްވައިފިއެވެ.
އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެ ޓީވީ އަށް ވަޑައިގެންފައި ވާއިރު، އެބޭފުޅާ އަށް މަރުހަބާ ދަންނަވާފައި ވަނީ ސްޓޭޝަންގެ ސީނިއާ މެނޭޖްމަންޓްގެ އިތުރުން ސްޓާފުންނެވެ.
ރައީސް ކަމަށް އިންތިހާބުވުމަށް ފަހު އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވި ސްޓޭޝަނަށް ރާއްޖެ ޓީވީ ވެފައި ވާއިރު، އެބޭފުޅާ ގެންދަވަނީ ރާއްޖެ ޓީވީގެ ސްޓާފުންނާ ބައްދަލު ކުރައްވަމުންނެވެ.