އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަންހެން ވިޔަފާރިވެރިންނާއި ބައްދަލުކުރައްވައިފި އެވެ.
އިންތިހާބީ ރައީސް ސޯލިހް ވަނީ އަންހެން ވިޔަފާރިވެރިންނާއި ބައްދަލުކޮށް، ހުރި ގޮންޖެހުންތައް އޮޅުން ފިލުއްވާފަ އެވެ. އަދި މައްސަލަތައް ހައްލުކުރާނެގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
އިންތިހާބީ ރައީސްގެ އޮފީހުން ބުނީ ބައްދަލުވުމުގައި އަންހެން ވިޔަފާރިވެރިންނަށް ފައިނޭންސް ހޯދުމުގައި ހުރި ގޮންޖެހުންތައް ވިޔަފާރިވެރިން ފާހަގަކުރިކަމަށެވެ. ސިޔާސީ ނުފޫޒްގެ ސަބަބުން ހުރި ގޮންޖެހުންތައްވެސް ވިޔަފާރިވެރިން ފާހަގަކުރިކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެ އެވެ.
Important issues raised by women entrepreneurs in today’s meeting: lack of finance for SMEs, difficulties faced in the private sector due to political influence and urged the need to facilitate an environment to increase business opportunities for women & those who work from home pic.twitter.com/BOFkoIfIuh
— President Elect MV (@PresElectMv) October 17, 2018
އިންތިހާބީ ރައީސް، އަންހެން ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވިއިރު، އެމަނިކުފާނު ވަނީ ޒުވާން ވިޔަފާރިވެރިންނާއިވެސް ބައްދަލުކުރައްވާފަ އެވެ.
އިންތިހާބު ކާމިޔާބުކުރެއްވުމަށް އިބްރަހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި މުހިންމު ވައުދުތަކުގެ ތެރޭގައި، ޒުވާން ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމާއި، އެ މީހުން ބަރުވެރިކުރުވުން ހިމެެނެ އެވެ. އެގޮތުން ޒުވާން ވިޔަފާރިވެރިންނަށް ވިޔަފާރިތައް ފެށުމަށް ފަސެހަ ގޮތްތަކެއް ހަމަޖައްސަވައިދެއްވާނެކަމަށް އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވެއެވެ.