ވެރިކަމުގައި ހޭދަކުރި ދުވަސްތަކުގައި ދަސްނުވިކަމަކީ މީހުންގެ ވިސްނުމަށް އަންނަ ބަދަލުކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނާ މުހާތަބު ކުރައްވާ ރައީސް ވިދާޅުވީ، ވެރިކަމުގައި އަޅުގަނޑަށް ނުވިސްނުނު ކަމަކީ މީހުންގެ ވިސްނުމަށް އަންނަ ބަދަލު ކަމަށެވެ. ވިސްނުން ބަދަލުވަމުންދަނީ ކޮން ކަހަލަ ނުފޫޒެއްގެ ތެރެއިން އަންނަ ކަމެއް ކަމެއް ނޭނގޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ގައުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމާއި އެގޮތުން ސިއްހީ ދާއިރާ އިންނާއި އިގްތިސާދީ ދާއިރާއިން ބޮޑު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.
ކުޑަކުޑަ ގައުމަށް އެންމެ މުހިއްމު ވާނީ ގައުމުގެ އަމާންކަން ދެމެހެއްޓުން ކަމަށާއި ގައުމުގެ މުޅި ސިޔާސަތު ބައްޓަންކޮށްފައި ވަނީ ގައުމުގެ ސަލާމަތާއި އަމާން ކަމަށެވެ.
ހުރިހާ ދިމާލަކުން ފެނިގެންދަނީ ގައުމީ މަސްލަހަތު ހަވާސާގައި ބާއްވައިގެން އަމިއްލަ އެދުން އިސްކުރާ މަންޒަރު ކަމަށާއި ފިޔަވަޅު އަޅަމުންދަނީ އޮންނަ އުސޫލުތަކާއި ގާނޫނާއި ގަވާއިދުގެ ތެެރެއިން ކަަމަށެވެ.
ރައީސް ވިދާޅުވީ، ވެރިކަމަށް ވަޑައިގެންނެވީ އިންސާފު ގާއިމް ކުރުމަށް ކަމަށާއި ހުރިހާ މަރުހަލާއެއްގައި ވެސް އަމަލުކޮށްފައި ވަނީ އުސޫލުގެ ތެރެއިން ކަމަށެެވެ.