ރަސްގެފާނުުގެ ދައުވަތަކަށް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ސައުދީއަށް ފުރާވަޑައިގެންފި އެވެ.
ރައީސް މުހައްމަދު ނަޝީދު، ސައުދީއަށް ފުރާވަޑައިގެންފައިވަނީ ރާއްޖެ ގަޑިން ހޯމަ ދުވަހުގެ ހަވީރު 17:00 ގައެވެ. ރައީސް ނަޝީދު ސައުދީއަށް ފުރާވަޑައިގެންފައި ވަނީ ލަންޑަން އިންނެވެ. އެ މަނިކުފާނާއެކު ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމްވެސް ސައުދީއަށް ފުރާވަޑައިގެންފައިވެއެވެ.
އެއް ދުވަހުގެ މި ދަތުރުފުޅުގައި ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު އަލް ސައުދާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ނަޝީދު ސައުދީއަށް ފުރާވަޑައިގަންނަވާއިރު ރިޔާސީ އިންތިހާބުގައި ކާމިޔާބު ހޯއްދެއްވި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ސައުދީން ވަނީ މަރުހަބާ ދަންނަވާފައެވެ. އިންތިހާބްގެ ނަތީޖާ އިއުލާންކުރިތަ ގިނަ އިރުތަކެއް ނުވެ، ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ވަނީ ސައުދީއަށް ވަޑައިގެންފަ އެވެ.