ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ދައުވަތަކަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސައުދީ އަށް މިއަދު ފުރާވަޑައިގެންނެވުމަށް ނިންމަވައިފިއެވެ.
ފުރާވަޑައިގަތުމަށް ނިންމާފައި ވަނީ ލަންޑަން ގަޑިން މެންދުރު 01:00 ގައެވެ. އެއީ ރާއްޖޭ ގަޑިން ހަވީރު 05:00 އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅުގައި ކުރީގެ ފޮރިން މިނިސްޓަރ އަހުމަދު ނަސީމު ވެސް ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އެއް ދުވަހުގެ މި ދަތުރުފުޅުގައި ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު އަލް ސައުދާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ނަޝީދު ސައުދީ އަށް ފުރާވަޑައި ގަންނަވާ އިރު ރިޔާސީ އިންތިހާބުގައި ކާމިޔާބު ހޯއްދެއްވި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ސައުދީން ވަނީ މަރުހަބާ ދަންނަވާފައެވެ.