އިންޑިއާގައި ހިފެހެއްޓި ސަބަބެއް ނުބުނާކަމަށް އަންދަލުސް ދަރުސް އިން މަޝްއޫރުކަން ހޯދެވި ޝައިހް އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމް އިންޑިއާގެ އެއާޕޯޓަކުން ހިފަހައްޓައި، އެ ގައުމަށް އެތެރެވިޔަނުދީ، އަނބުރާ ރާއްޖެ ފޮނުވާލާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
އިންޑިއާގައި ހުންނަ ދިވެހި ރާއްޖޭގެ ސަފީރު އަހުމަދު މުހައްމަދު (އަންޑޭ) އާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ، ސަލާމަތީ ސަބަބުތަކަކަށްޓަކައި ކަމަށް ބުނެ ޝަމީމް ޓްރިވެންޑްރަމްގެ އެއާޕޯޓުން ހުކުރު ދުވަހުގެ ހެނދުނު ހިފެހެއްޓިކަމަށެވެ. އަދި ޓްރެވަންޑްރަމްގައި ތިބޭ ފޮރިން މިނިސްޓްރީގެ ދިވެހި މުވައްޒަފުންނާއި ޝަމީމްއާ ބައްދަލުވުމުގެ ފުރުސަތު ވެސް ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހެއްގެ ގޮތުގައި ދިހަ އަހަރު ވަންދެން އުޅުނު، މިހާރު ލިޔުންތެރިޔަކަށްވެފައިވާ ޝިރިޝް ތޯރާތު ބުނީ ޝަމީމް ޑީޕޯޓް ކޮށްލީކަމަށެވެ. އޭނާ ބުނީ ޝަމީމް އަކީ އިންޑިއާ ކަހަލަ ޑިމޮކްރެސީ އިމްޕްލިމެންޓް ކުރާ ގައުމަކަށް ވަންނަން ހުއްދަ ދެވޭވަރުގެ މީހެއް ނޫން ކަމަށެވެ. އަދި އޭނާ އަކީ ޑިމޮކްރަސީއަށް ހުރި ނުރައްކަލެއް ކަމަށް ވެސް ޝިރިޝް ވަނީ ބުނެފައެވެ.
The Radical Sheikh Adam Shameem has been placed on a list of people who are refused entry to India based on their involvement in nefarious activities and considered detrimental to a democracy like India. He was escorted to a plane and deported to #Maldives #NotWelcome in India pic.twitter.com/1IUNrFKldo
— Shirish Thorat (@shirishthorat) October 13, 2018
ޝަމީމް އެކަމާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އިންޑިއާގެ އެއާޕޯޓުގައި 30 ގަޑިއިރު ހޭދަކުރަން ޖެހުނު ކަމަށާއި އިންޑިއާ އެތެރެވިޔަ ނުދީ ހިފެހެއްޓި ސަބަބެއް ނުބުނާކަމަށެވެ. އަދި އިމިގްރޭޝަންގެ އޮފިސަރުން އޭނާގެ ތައުލީމާއި ވަޒީފާގައި އުޅޭތަނާއި ބެހޭގޮތުން ސުވާލުކޮށްފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.
Alhamdhu lillah.. Im back to Maldives last night from a 30+ hrs detention in Indian Immigration ,without giving me any reason of my detention. However Questions were posed from officials about my career and education background.
— Sheikh Adam Shameem (@adam_shameem) October 14, 2018
ޝަމީމްގެ އެޓްވީޓަށް ރައްދު ދީ ޝިރިޝް ތޯރާތު ބުނެފައިވަނީ އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އޭނާ އެގައުމަށް އެތެރެވިޔަ ނުދިނީ ކީއްވެކަން އަންގާފައިކަމަށާއި އަދި އޭނާ ޑީޕޯޓްކޮށްފައިވާކަމަށް ޝިރިޝް ބުނެފައިވެއެވެ. އަދި އަމިއްލަ ނަފްސަށް ޝަމީމް ލަދުގަންނަން ޖެހޭކަމަށް ޝިރިޝް ތޯރާތު ކޮށްފައިވާ ޓްވީޓުގައި ވަނީ ބުނެފައެވެ.
Peddle this to the poor impressionable islanders in the remote atolls @adam_shameem . All the Duas were to cleanse your mind and to mend your ways. Indian authorities informed you of your status as persona non grata and then deported you. You should be ashamed of yourself https://t.co/bpGeH4w0rT
— Shirish Thorat (@shirishthorat) October 14, 2018