ރިޔާސީ އިންތިޚާބުގެ ނަތީޖާއާއި މެދު ޝައްކު ކުރުމަކީ ހޮޑުލާފައި އަލުން އެކާން އުޅުންހާ ހަޑިކަމެއްކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން މައްސަލައެއް ސުޕްރީމް ކޯޓަށް ހުށައަޅާފައި ވާއިރު އެ މައްސަލައިގެ އަޑުއެހުމެއް މިއަދު މެންދުރުފަހު 1:00 އަށް ވަނީ ތާވަލުކޮށްފައެވެ.
އަލީ ޒާހިރު ވިދާޅުވީ ރައްޔިތުންގެ ބޮޑު ތަފާތަކުން ރައީސް ޔާމީނަށް ނޫނެކޭ ބުނުމުން ވެސް ކޯޓަށް ގޮސް ބާތިލްކުރަން އުޅުމަކީ ތަހުޒީބު މުޖުތަމައުގައި ކަންތައްތައް ހިނގާ ގޮތެއް ނޫން ކަމަށެވެ. ތަހުޒީބު މުޖުތަމައުތަކުގައި އިންތިޚާބުގެ ބަލި ގަބޫލު ކުރުމަށްފަހު އޭގެ ފަހުން ތާކުންތާކު ނުޖެހޭކަންތައްތަކުގައި ކޯޓަށް ގޮސް ނަތީޖާއާއި މެދު ޝައްކު ކުރުމަކީ "ހޮޑުލާފައި އެ އަލުން ކާން އުޅުނުހާ ހަޑިކަމެއް" ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.
Rayyithun bodu thafaathakun beynumeh nooney dhaashey buneemaves dhen mioh ulhey gotheh. Thahuzeeb mujthamau thakuga inthikhaabuge bali qabool kohffa eyge fahun thaakunthaaku nujehey kanthaka courtah gos natheeja ya medhu shakku kurumaki Hodulaafa e alun kaan ulhun ha hadikameh.
— Ali Zahir (alipi) (@alixahir) October 14, 2018
ރިޔާސީ އިންތިޚާބުގެ ވަގުތީ އަދި ރަސްމީ ނަތީޖާއާއި ގުޅޭ ގޮތުން ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ޝަކުވާއެއް އިލެކްޝަންސް ކޮމިޝަނުން ހުށައަޅާފައި ނުވާކަމަށް އީސީން ވަނީ ބުނެފައެވެ.
މި މައްސަލައާއި ގުޅިގެން މަގާމުން ފައިބާވަޑައިގަންނަވާ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރައްޔިތުންގެ ނިންމުން ބަދަލުކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާތީ ކަންބޮޑުވާ ކަމަށާއި ވެރިކަމުގެ ބާރުތައް ބަދަލުކުރަން ހުރަސްއަޅަން މަސައްކަތްކުރާ ކޮންމެ ފަރާތަކާ މެދު އަޅަންޖެހުނު ފިޔަވަޅެއް އެމެރިކާއިން އަޅާނެ ކަމަށް ބުނެ ދެ ވަނަ ފަހަރަށް އެގައުމުން ވަނީ އިންޒާރު ދީފައެވެ.