ގެއްލިގެން ހޯދަމުންދިޔަ ދެއަންހެން ކުދިން ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ބުދަ ދުވަހު ގެއްލިގެން ހޯދަމުން ދިޔައީ ފގ. ނާޝިދުވިލާ، 15 އަހަރުގެ ފާޠިމަތު ޝާޙާ އިބްރާހިމް އާއި މ.މުލައް، ކޮކާހަނދުވަރު، 14 އަހަރުގެ ނާޖިޙާ ޢަލީ ކަމަށެވެ.
މިދެކުދިން ފެނިފައިވަނީ ކޮންތަނަކުން ކަމެއް އަދި ފެނިފައިވަނީ ކިހާ އިރަކު ކަމެއްވެސް ފުލުހުން ހާމަކޮށްފައިއެއް ނުވެއެވެ.
މި ދެކުދިންގެ ތެރެއިން ފާޠިމަތު ޝާޙާ އިބްރާހިމް ގެއްލިގެން ރިޕޯޓްކޮށްފައިވަނީ އޮކްޓޯބަރު 7 ވަނަ ދުވަހުގެރޭ 23:56 ހާއިރުއެވެ. އަދި ނާޖިޙާ ޢަލީ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އޮކްޓޯބަރު 7 ވަނަ ދުވަހުގެ ހަވީރު 17:23 ހާއިރުއެވެ.