ޖަރުމަނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު ޔޯން ރޮޑް ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާ ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުކުރައްވުން ކުރިއަށް ގެންގޮސްފައި ވަނީ ބުދަ ދުވަހު މައުމޫންގެ ފައުންޑޭޝަން އޮފީހުގައެވެ. ސަފީރު ޔޯން ރޮޑްގެ އިތުރުން މި ބައްދަލުވުމުގައި ޖަރުމަން ފޮރިން އޮފީހުގެ ޑިރެކްޓަރ ޖެނެރަލް ފޯ ސައުތު އޭޝިއާ މާކަސް ޕޮޒެލް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައެވެ.
މީގެ އިތުރުން އޮކްޓޯބަރު 9 ވަނަ ދުވަހު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ފާރިސް ވަނީ ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގްއާ ވެސް ބައްދަލު ކުރައްވާފައެވެ.
އެ ބައްދަލު ކުރެއްވުމުގައި ރާއްޖެ އާއި ޗައިނާ އާ ދޭތެރޭ އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ރަނގަޅުކުރުމާ ގުޅޭ ގޮތުންނާއި އަދި ރާއްޖޭގެ ސިޔާސީ ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާތަކެއް ވަނީ ކުރައްވާފައެވެ.