ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ބުދަ ދުވަހު ހާޒިރުކޮށް ބަޔާން ނަގާފައިވަނީ ސުޕްރީމް ކޯޓުގެ އަމުރަށް ފާޑު ވިދާޅުވުމުންނެވެ،
ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ އެބޭފުޅާ ހާޒިރުކޮށް ބަޔާން ނަގާފައިވަނީ ވީޓީވީގެ ޕްރޮގްރާމެއްގައި 12 މެމްބަރުންގެ މައްސަލާގައި ސުޕްރީމް ކޯޓުން ދައްކަވާފައިވާ ވާހަކަތާކައި ގުޅިގެން ސުވާލު ކުރުމަށް ކަމަށެވެ.
Alhugandu miadhu DJA ah haaziru kuree VTVgai, 12 MPs ge massalaigai SC in nerunu vaguthee amuraai gulhigen, dhakkaafaivaa vaahaka thakakaai beheygothun suvaalu kurumah.
— Ali Hussain (@AleeVoice) October 10, 2018
އަލީ ހުސައިން ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އަންގާފައިވާއިރު، އޭނާ ގެންދަވަނީ ތަކުރާރުކޮށް ރާއްޖޭގެ ޖުޑީޝަރީއަށް ފާޑުވިދާޅުވަމުންނެވެ. ހާއްސަކޮށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އިންސާފު ނުލިބި ލަސްވަމުންދާތީ އޭނާ ގެންދަވަނީ އެކަމުގެ ކަންބޮޑުވުން މީޑިއާ މެދުވެރިކޮށް އާންމުންނަށް ހިއްސާ ކުރައްވަމުންނެވެ.
އަލީ ހުސައިން ޑީޖޭއޭ އަށް ހާޒިރުކޮށް ބަޔާން ނަގާފައިވަނީ ސުޕްރީމް ކޯޓަށް ފާޑު ވިދާޅުވުމުން، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް 13 ދުވަހަށް ސަސްޕެންޑް ކުރުމަށް ފަހު، މިދިޔަ މަހުގެ 26 ވަނަ ދުވަހު އޭނާގެ ސަސްޕެންޝަން އުވާލާފައި ވަނިކޮށެވެ.
އަލީ ހުސައިން ދެއްކެވި ބައެއް ވާހަކަތަކާ ގުޅިގެން ދެ ފަހަރެއްގެ މަތިން އޭނާ ސަސްޕެންޑް ކޮށްފައިވެއެވެ.