ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާ ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގް ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރައްވުން އޮތީ މައުމޫންގެ ފައުންޑޭޝަން އޮފީހުގައެވެ.
ރައީސް މައުމޫން ޗައިނާ ސަފީރާ އެކު އަންގާރަ ދުވަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި ޗައިނާއާ ދޭތެރޭ އޮންނަ ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ރަނގަޅު ކުރުމާ ބެހޭ ގޮތުންނާއި އަދި ރާއްޖޭގެ ސިޔާސީ ކަންކަމާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.