ކުރެއްވި ޓްވީޓަކާ ގުޅިގެންނާއި، ވީނިއުސްއަށް ދެއްވި އިންޓަވިއު އަކާ ގުޅިގެން ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު 4 މަހަށް ސަސްޕެންޑް ކުރުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނިންމައިފިއެވެ.
ސުޕްރީމް ކޯޓުގެ ދަށުން ހިންގާ، ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ ސުއޫދުގެ މައްސަލަ ބެލުމަށް ފަހު "ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާ ބެހޭ ގަވާއިދު"ގެ ދަށުން ވަކާލާތުކުރުން މިއަދުން ފެށިގެން ހަތަރު މަސް ދުވަހަށް ސަސްޕެންޑްކުރާ ކަމަށެވެ.
ސުއޫދު ސަސްޕެންޑްކޮށްފައި ވަނީ ސުޕްރީމް ކޯޓުން 2013 ވަނަ އަހަރު ރިޔާސީ ދައުރު ދިގު ކުރުމަށް ނިންމި ނިންމުމަކީ ޣައިރު ޤާނޫނީ ނިންމުމެއް ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓަކާ ގުޅިގެންނާއި، ވީނިއުސްއަށް ދެއްވި އިންޓަވިއުއަކާ ގުޅިގެންނެވެ.
ވީނިއުސްއަށް ދެއްވި އިންޓަވިއު ގައި ސުއޫދު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދިމާވި މައްސަލަތަކެއްގެ ތެރެއިން އޭރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދުގެ ވަހީދުގެ ވެރިކަން ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ދިގު ދަންމާލީ ސުޕްރީމް ކޯޓުގެ ނިންމުމަކުން ކަމަށެވެ. ސުޕްރީމް ކޯޓުގެ އެ ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށާއި އެކަމުގެ ޒިންމާ ރައީސް ޔާމީން އުފުއްލަވަން ޖެހިވަޑައި ނުގަންނަވާނެ ކަަމަށް ސުއޫދު އެ އިންޓަވިއުގައި ވިދާޅުވެފައި ވެއެވެ.
މީގެ ކުރިން ވެސް އެކި ފަހަރުމަތިން ސުއޫދު ސަސްޕެންޑްކޮށްފައި ވެއެވެ.