ވިލާކޮލެޖުގެ އިމާރާތުގެ ކުރިމަތީގައި އޮންނަ ކުޅިވަރު ކުޅޭ ބިމުގައި ހުރި މާކަރީ ލައިޓެއް ރަނގަޅުކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހުނު ކުއްޖާ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކަރަންޓުގައި ޖެހިގެން ފަރުވާ ދެމުން ދަނީ 17 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މިފިރިހެން ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި، ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށެވެ. އަދި އަނިޔާ ލިބިފައި ވަނީ ބޮލަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
"ކްރިޓިކަލް ވީމަ އައިސީޔޫގައި ފަރުވާ ދެމުން ދަނީ،" އޮފިޝަލް ވިދާޅުވިއެވެ.
މިކުއްޖާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އިރު ވެސް އޮތީ ހޭނެތިފައެވެ.