މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ވަނަ ނުދިނުމުގެ ޒިންމާ އެމްއެންޑީއެފުންނާއި ޕޮލިހުން ނަގަންޖެހޭ ކަމަށް ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ހޯމަދުވަހު ކަނޑައެޅި މެމްބަރުންގެ ފަރާތުން ވަކާލާތު ކުރެއްވި ކުރީގެ ސޮލިސިޓާ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.
ރިއްފަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގޮނޑި ނުގެެއްލޭ ކަމަށް ކަނޑައެޅި ހަތަރު މެމްބަރުން މަޖިލީހަށް ވަނަ ނުދީ ހިފަހައްޓާފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށާއި އެ ބޭފުޅުންނަށް 14 މަސްދުވަސްވަންދެން މަޖިލީހަށް ވަނަ ނުދިނީ ދިފާއީ ބާރުތަކުންކަމަށެވެ. ދިފާއީ ބާރުތަކުގައި ހިމެނޭ އެމްއެންޑީއެފާއި ފުލުހުން އެކަމުގެ ޒިންމާ ނަގަން ޖެހޭކަމަށް ރިފްއަތުގެ ޓްވީޓުގައި ވިދާޅުވިއެވެ.
ރިފްއަތު ވިދާޅުވީ ދިފާއީ ބާރުތަކުން އެ ޒިންމާ ނަގަންޖެހޭނީ އެހަތަރު ދާއިރާ ތަމްސީލު ކުރައްވުމުގެ ފުރުސަތު ގެއްލިފައިވާތީ ކަމަށެވެ.
Indeed. The four MPs have been unlawfully prevented by the security forces to enter the Parliament for almost 14 months. Both @MNDF_Official @PoliceMv must be accountable to the constituents of those MPs, for violating their right to take part in the conduct of public affairs. https://t.co/UsGxx6rVDy
— Riffath (@ibriffath) October 8, 2018
ސުޕްރީމް ކޯޓުން ގޮނޑި ނުގެއްލޭކަމަށް ކަނޑައެޅި ހަތަރު މެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި، ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިނާއި،ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދުގެ އިތުރުން މަޑުއްވަރި ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑިއެވެ.
ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި12 މެމްބަރުންގެ ތެރެއިން ބާކީ ތިއްބެވި އަށް މެމްބަރުންގެ މައްސަލައިގެ އަޑުއެހުންތައް ފަށައިފައެއް ނުވެއެވެ.