ފަރުދެއްގެ މަސްލަހަތަށް ރައްޔިތުންގެ ނިންމުން ބަދަލު ކުރުމަކީ ބޮޑު އަނިޔާއެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެވެ.
ޝެއިހް އިލްޔާސް މިހެން ވިދާޅުވެފައިވަނީ މިދިޔަ މަހު 23ގައި ބޭއްވި ރިޔާސީ އިންތިޚާބު ކޯޓުން ބާތިލްކުރާނެ ކަމަށް ބުނެ ބަެއް މީހުން އަޑުފަތުރަމުން ދަނިކޮށެވެ.
ޝެއިހް އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިލެކްޝަން ކޮމިޝަނުން އިއުލާނު ކޮށްފައިވާ ކަމަށާއި، އެނަތީޖާ ބަދަލުވާ ފަދަ އެއްވެސް ޝަކުވާއެއް ލިބިފައިނުވާ ކަމަށް އެކޮމިޝަނުން ބުނެފައިވާ ކަމަށެވެ.
ކަންމިހެން ހުރިއިރު ފަރުދެއްގެ މަސްލަހަތަށްޓަކައި ރައްޔިތުންގެ ނިންމެވުން ބަދަލު ކުރުމަކީ ބޮޑު އަނިޔާ ކަމަށް ޝެއިހް އިލްޔާސް ވިދާޅުވިއެވެ.
ހުކުމެއް އިއްވުމުގެ ކުރިން ފަޑިޔާރުން ރަނގަޅަށް ވިސްނާ ފިކުރު ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
Election commission in dhaaimee natheeja iulaankoh enatheeja badhaluvafadha evves shakuvaa eh libifai nuvaakamah bunamun dhanikoh farudhegge maslahathattakai rayyithunge nimmevun badhalukurumakee bodu aniyaeh
— Ilyas Hussain (@ilyaasipa) October 8, 2018
fandiyarun mi aayathamedu funkoh visnavaa fikurukurevvun v muhimmu pic.twitter.com/OPc8xAH5GF
ރިޔާސީ އިންތިޚާބުގައި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާދަ ކުރައްވާ ރައީސް ޔާމީނަށް ވަނީ އިންތިހާބު ނާކާމިޔާބުވެވަޑައިގެންފައެވެ.
އެހެންކަމުން ރައީސް ޔާމީނަށް ތާއީދުކުރާ މަދު ބަޔަކު އިންތިޚާބުގެ ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ އަންނަނީ ސިލްސިލާ އެއްވުންތަކެއް ބާއްވަމުންނެވެ. އަދި އިލެކްޝަން ކޮމިޝަނުގެ އަގު ވެއްޓޭ ގޮތަށް އެތައް އިލްޒާމްތަކެއް އަންނަނީ އަޅުވަމުންނެވެ.