ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑީގެ މައްސަލަ ނިންމުމަށް ހޯމަ ދުވަހު ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި އެވެ.
އިލެކްޝަންސް ކަމިޝަނުން ގޮނޑި ގެެއްލިފައިވާ ކަަމަށް ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ސުޕްރީމް ކޯޓުގެ ތާވަލުގައިވާ ގޮތުން ގޮނޑީގެ މައްސަލައިގައި ގޮތެއް ނިންމާނީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދުގެއެވެ.
މެމްބަރު މުހައްމަދު ވަހީދުގެ މައްސަލަ 9:45 އަށް ތާވަލުކޮށްފައިވާއިރު 10:45 ގައި މެމްބަރު ސައުދު ހުސެއިންގެ މައްސަލަ އަދި މެންދުރު 12:45 އަށް މެމްބަރު އަބްދުއް ލަތީފް މުހައްމަދުގެ މައްސަލަ ވަނީ ތާވަލްކޮށްފަ އެވެ. މެމްބަރު އަމީތުގެ މައްސަލަ ތާވަލްކޮށްފައި ވަނީ މެންދުރު 1:45 އަށެވެ.
މި ހަތަރު މެމްބަރުންގެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ހަފްތާގެ ތެރޭގައި ނިންމާލާފައިވާއިރު ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި އަނެއް އަށް މެމްބަރުންގެ މައްސަލައިގެ އަޑުއެހުންތައް ފަށައިފައެއް ނުވެއެވެ.