ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާރޓް ނެރެފި އެވެ.
މެޓް އޮފީހުން ހޮނިހިރު ދުވަހު ހެނދުނު 11:15 އިން ހަވީރު 4:15 އަށް ވައިޓް އެލާރޓް ނެރެފައި ވަނީ ނ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ އަތޮޅު ތަކަށެވެ.
މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭވެހި ގަޑިއަކު 23 މޭލާއި 29 މޭލާއި ދެމެދުގެ ބާރު މިނުގައި އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށާއި ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އަދި ދެކުނާއި މެދުތެރޭގެ ސަރަޙައްދު ތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، އެންމެހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.