ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން ޕީޕީއެމްގެ ވައިބަރ ގްރޫޕުން ބޭރުކޮށްފިއެވެ.
ވައިބަރ ގްރޫޕުން ބޭރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދާއި ގުރައިދޫ ދާއިރާގެ މެންބަރު ހުސައިން މަނިކު އެވެ.
މިކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ހުސައިން މަނިކު ވިދާޅުވީ، ޕީޕީއެމްގެ ޕާލަމެންޓަރީ ވައިބަރ ގްރޫޕުން ބޭރު ކޮށްފައިވާތާ މަހެއްހާ ދުވަސް ވެފައިވާ ކަމަށެވެ.
މިދެ މެންބަރުން ވައިބަރ ގްރޫޕުން ބޭރު ކޮށްފައިވާ އިރު ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕުގެ ގިނަ މެންބަރުންތަކެއް ފާއިތުވެދިޔަ ދުވަސްތަކުގައި ވަނީ އެޕާޓީން ވަކިވެފައެވެ. މިދިޔަ މަހުގެ ތެރޭގައި ވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ޕީޕީއެމް އިން ވަކި ކޮށްފައެވެ.
ނާޒިމް ރަޝާދު އެމްޑީޕީން ވަކިވެ، ޕީޕީއެމްއާ ގުޅިފައިވަނީ 2014 ވަނަ އަހަރުއެވެ.