އަންނަ މަހުގެ 1 ވަނަ ދުވަހު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވާތީ އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް އެ ޕާޓީން ނިންމައިފި އެވެ.
ބުދަ ދުވަހު ކުރެއްވި ޓުވީޓެއްގައި ރައީސް މުހައްމަދު ނަޝީދު ވަނީ އެމަނިކުފާނު އަންނަ މަހުގެ 1 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެކަން އިއުލާން ކުރައްވާފަ އެވެ. އަދި "މިތުރުންގެ ހިތްތަކަށް ދަތިކުރި ކަޅު ކޮންމެ ރެޔެއް ވެސް ފިތުރަތުގެ އުސޫލުން ނިމެނީ ފަތިހަށެ އަމުދުން" ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
‘Mithurunge hithah dhathi kuri kalhu konme reyyehves
— Mohamed Nasheed (@MohamedNasheed) October 3, 2018
Fithurathuge us’oolun nimeynee fathihashe amudhun’
Alhugandu gasthukuranee Maiy Allah ge amurufulhaa iraadhafulhaa eku 01 November gai Raajje dhiumah
އަންނަ މަހުގެ 1 ވަނަ ދުވަހު ރައީސް ނަޝީދު އިއުލާންކުރެއްވުމާއި ގުޅިގެން އެމްޑީޕީން ބުނީ ޕާޓީގެ ރައީސް އެނބުރި ރާއްޖެވަޑައިގަންނަވާ ދުވަހަކީ ޕާޓީގެ މެމްބަރުންނާއި ސަޕޯޓަރުންނަށް ލިބޭ އީދެއް ފަދަ އުފާވެރި ދުވަހެއް ކަމަށެވެ. އަދި ރައީސް ނަޝީދަށް މަރުހަބާ ދެންނެވުމަށް ކުލަގަދަ ހަރަކާތްތަކެއް ރާވަމުން އަންނަ ކަމަށް އެމްޑީޕީން ބުންޏެވެ. ނަމަވެސް ހަރަކާތްތަކުގެ ތަފްސީލެއް އެ ޕާޓީން ހާމައެއް ނުކުރެ އެވެ.
Maruhabaa Raees @MohamedNasheed. Partyge Raees enburi Raajje vadaigannavaa dhuvahakee mi Party ge membarun’aa supportarun’ah libey eid eh fadha ufaaveri dhuvaheh. Raees ah marhaba dhennevumuge kulagadha harakaaiythah reyvigen dhaane.
— MDP Secretariat (@MDPSecretariat) October 3, 2018
ޝަރުއީ އުސޫލުތަކުގެ ބޭރުން ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުށް ސާބިތުކޮށް 13 އަހަރުގެ ޖަލު ހުކުމެއް 2015 ވަނަ އަހަރު އިއްވުމާއެކު 2016 ވަނަ އަހަރު އެމަނިކުފާނު ވަނީ ބޭސްފަރުވާއަށް އިނގެރޭސިވިލާތަށް ވަޑައިގެންފަ އެވެ. އަދި އެ ގައުމަށް ވަޑައިގެން އެ ޤައުމުގެ ސިޔާސީ ހިމާޔަތް ހޯދަވައި، ޤައުމު އިސްލާހުކުރުމުގެ މަސައްކަތް، އިނގެރޭސިވިލާތާއި، ސްރީލަންކާ އަދި އިންޑިއާގައި ހުންނަވާ އެމަނިކުފާނު ކުރައްވާފަ އެވެ.
އަބަދުވެސް ރައްޔިތުންނަށް ބާރުވެރިކަން ދިނުމަށާއި، ރައްޔިތުންނަށް ހައްޤު މިންވަރު ހޯދައިދީ، އިންސާފު ޤާއިމް ކުރުމަށް ވަކާލާތު ކުރައްވަމުން އަންނަ ރައީސް ނަޝީދު ވަނީ ޤައުމު ހަމަ މަގަށް އަޅުވައި، ރައްޔިތުނަނަށް ރައްޔިތުންގެ ހައްޤުތައް ހޯދައިދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އިސްލާހީ މަސައްކަތްތަކުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވިއިރު، އެ މަސައްކަތުގެ ތެރެއިން އެކި ފަހަރުމަތިން ޖަލަށްލެވި އެތައް އަނިޔާއެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވެއެވެ.