އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހްމަދު ނަސީރާ ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލު ކުރެއްވުމު ގައި އެ މަނިކުފާނު ވަނީ އެމްއެމްއޭގެ ގަވަރުނަރުގެ އިތުރުން ސީނިއާ މުވައްޒިފުންނާއި ބައްދަލު ކުރައްވާފައެވެ. މީގެ ކުރިން ވެސް އިބޫ ވަނީ ނަސީރުއާ ބައްދަލު ކުރައްވައިފަ އެވެ. އެ ފަހަރު ބައްދަލު ކުރެއްވީ އިބޫގެ އޮފީހުގަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ބޮޑު ތަފާތަކުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ދައުލަތުގެ އެކި އިދާރާތަކަށް ޒިޔާރަތް ކުރައްވާ އޮފީސްތަކުގެ އިސްވެރިންގެ އިތުރުން މުވައްޒަފުންނާ ވެސް ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ.
މިދިޔަ އާދީއްތަ ދުވަހު ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގައި 233،877 މީހުން ވަނީ ނިކުމެ ވޯޓްލާފައެވެ. އެ ގޮތުން ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް 134،616 ވޯޓް ލިބުނު އިރު، އެމަނިކުފާނާ ވާދަ ކުރެއްވި ރައީސް އަބްދުﷲ ޔާމީނަށް ލިބިލެއްވީ 96،132 ވޯޓެވެ.