ނޮވެމްބަރު 1 ވަނަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ގަސްދު ކުރައްވާކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއީ ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި 13 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް ފަހުން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު ރާއްޖެ ވަޑައިގަންނަވާނެ ތާރީޚެއް އިއުލާން ކުރެއްވި ފުރަތަމަ ފަހަރެވެ.
ރައީސް ނަޝީދު އެކަން ހާމަކުރައްވާ ކުރެއްވި ޓްވީޓް ފަށްޓަވާފައިވަނީ ޅެން ބައިތަކުންނެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ "މިތުރުންގެ ހިތަށް ދަތިކުރި ކަޅު ރެއެއްވެސް ފިތުރަތުގެ އުސޫލުން ނިމޭނީ ފަތިހަށެ އަމުދުން" މިހެންނެވެ. އެއަށްފަހު އެމަނިކުފާނު ވިދާޅުވީ ގަސްދު ކުރައްވަނީ މާތް ﷲ ގެ އަމުރުފުޅާއި އިރާދަފުޅާއެކު 1 ނޮވެމްބަރުގައި ރާއްޖެ ދިއުމަށް ކަމަށެވެ.
‘Mithurunge hithah dhathi kuri kalhu konme reyyehves
— Mohamed Nasheed (@MohamedNasheed) October 3, 2018
Fithurathuge us’oolun nimeynee fathihashe amudhun’
Alhugandu gasthukuranee Maiy Allah ge amurufulhaa iraadhafulhaa eku 01 November gai Raajje dhiumah
ރައީސް ނަޝީދު މާލެ ވަޑައިގަންނަވާ އިރު ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމާއި އެ ޕާޓީގެ ރައީސް އަލީ ވަހީދު ބުރާސްފަތިދުވަހު ރާއްޖެ ވަޑައިގަންނަވާނެއެވެ.
އިންތިހާބުގައި އިދިކޮޅު ފަރާތްތަކުން ހޯދި ކާމިޔާބީއާއެކު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ހައްޔަރުގައި ތިއްބެވި މަޖިލީހުގެ ބައެއް މެމްބަރުން ވަނީ މިނިވަންކޮށްފައެވެ.