މަރުކަޒީ ބޭންކުގެ ގަވަނަރ އަހުމަދު ނަސީރާއި އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާ ބައްދައްލުކުރައްވައިފިއެވެ.
މި ބައްދަލުވަމުން ކުރިއަށް ދިޔައީ ސޯލްޓް ކެފޭ ހުންނަ އިމާރާތުގައި މިއަދު ހެނދުނު 10:30 ހާއިރުއެވެ.
ގަވަރުނަރު ނަސީރު އިބޫއާ ބައްދަލުކުރައްވާފައި ވާއިރު ސަރުކާރުގެ އެކި ވުޒާރާތަކުގެ އިސްވެރިން ދަނީ އެމަނިކުފާނާ ބައްދަލުކުރައްވަމުންނެވެ. އެގޮތުން އެކްޓިންގ ޗީފް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވެސް ވަނީ އިބޫއާ ބައްދަލުކުރައްވާފައެވެ.
ނަސީރު އިބޫއާ ބައްދަލުކުރެއްވި އިރު ރައީސް އަބްދުﷲ ޔާމީންގެ މަނީ ލޯންޑަރިންގގެ މައްސަލައެއް ބެލުމަށް އެމްއެމްއޭ އިން ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.
މިދިޔަ ހޯމަ ދުވަހުގެ ހެނދުނު ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ރައީސް އޮފީހުގައި އިބޫއާ ބައްދަލުކުރައްވާފައެވެ.