ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ކެމްޕެއިން ހަރަކާތްތަކެއް ހިންގައި ރޭވި، މުލިއާގެ އިން ގިނަ އަދަދެއްގެ ތަކެތި ނެރެގެން ފޮރުވި ކަމަށް ބުނެ، ގިނަ އަދަދެއްގެ ބަޔަކު ނުކުމެ، އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެއްވެއްޖެއެވެ.
މުލިއާގެ އިން ނެރުނު ތަކެތި ދެ ލޮރީއަކަށް އަރުވައިގެން ވެއްދީ ރައީސުލްޖުމްހޫރިއްޔާ ގެކޮޅުގެ ވެހިކަލްތައް މަރާމާތު ކުރާ ތަނަކަށެވެ. އެގޮތުން ލިލީމަގު ގައި ހުންނަ މުލިއާގެ މެންޓެއިންސް ސާވިސް އަށް ދެ ލޮރީއަކަށް އެއްޗެހިތަކެއް ބަރުކޮށްގެން ވެއްދި ކަމަށް މަންޒަރުދުއް މީހުން ބުންޏެވެ.
ފޮށިތަކަށް އަޅައި ބަންދުކޮށްފައި އެ ތަކެތި ދެ ލޮރީ އެއްގައި ގެންގޮސް، އެތަނަށް ވެއްދުމާއެކު، ގިނަ ބަޔަކު ވަނީ އެތަނަށް އެއްވެ، އަޑު އުފުލާފައެވެ. އަޑު އުފުލި މީހުން ބުނީ މުލިއާގެ އިން ނެރެގެން އެތަނަށް ވެއްދި ތަކެއްޗަކީ ކޯއްޗެއްކަން އެނގެން ބޭނުންވާ ކަމަށާއި ސަރުކާރުން ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ފޮރުވުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.