އިންތިޚާބުގެ ދާއިމީ ނަތީޖާ އާދިއްތަ ދުވަހާއި ހަމައަށް އިއުލާނުކޮޮށް ނިމޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިންތިޚާބަށް ފަހު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އާދީއްތަ ދުވަހުން ފެށިގެން އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރަން ފަށާނެކަމަށެވެ. އަދި އިންތިޚާބުގެ ދާއިމީ، ނަތީޖާ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހާއި ހަމައަށް އިއުލާނުކުރެވޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.
"ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި ނަތީޖާ އިއުލާނުކޮށް ނިމޭނެ" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެބޭފުޅުން ކުރިން ވެސް އުއްމީދުކުރި ގޮތަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓްލުމުގެ ކަންކަން ވަރަށް އަމާން އޮމާން ކަމާއި އެކުގައި ނިމިގެން ގޮސްފައިވާ ކަމަށެވެ. އަދި އެކަމަށް ދިވެހިރައްޔިތުންގެ ފަރާތުން ދެއްވި އެއްބާރުލެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.
އީސީން ހާމަކުރި ގޮތުގައި އެބޭފުޅުންގެ ނަތީޖާ އިއުލާން ކުރަމުން ގެންދާނީ ރައްޔިތުންގެ ނިންމެވުމާއި އެއްގޮތަށެވެ.