Advertisement
ކ. މާލެ
|
23 ޖެނުއަރީ 2017 | ހޯމަ 21:19
އެމްއޭސީއެލްގެ ރެސްކިޔު ހިދުމަތަށް ގެނައި ބޯޓް
އެމްއޭސީއެލްގެ ރެސްކިޔު ހިދުމަތަށް ގެނައި ބޯޓް
މުހައްމަދު ޝަރުހާން
އެއާޕޯޓްސް ކޮމްޕެނީ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
އަލަށް ގެނައި ދެ ބޯޓާއެކު އެއް ފަހަރާ 100 މީހުންނަށް ހިދުމަތް ފޯރުކޮށްދެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއިން ދެމުން ގެންދާ ރެސްކިޔު ހިދުމަތް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ދެ ބޯޓް ގެނެސްފިއެވެ.

އެއާޕޯޓް މެރިން ސްޓޭޝްންގައި ބޭއްވި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑައިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އެއާޕޯޓްސް ކޮމްޕެނީއަކީ ސީޕްލޭންގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަކަށް ވާއިރު ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރި ވުމަށްޓަކައި ސަލާމަތީ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. އެގޮތުން އެއާޕޯޓްގެ ރެސްކިޔު ހިދުމަތަށް އަލަށް މިގެނައި ދެ ބޯޓަކީ ކަނޑުގެ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ގެނުވުނު ދެ ބޯޓް ކަމަށް އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ އަލަށް ގެނައި މި ދެ ބޯޓާއެކު އެއާޕޯޓްގެ ރެސްކިޔު ހިދުމަތުގައި ޖުމްލަ ހަތަރު ބޯޓް ހަރަކާތްުެރިވާނެ ކަމަށެވެ. އަދި އެ ބޯޓްތައް އަބަސް ވެސް ތިބޭނީ ތައްޔާރީ ހާލަތުގައި ކަމަށެވެ. އަދި އަލަށް ގެނައި ދެ ބޯޓްތަކު އެއްފަހަރާ 100 މީހުންނަށް ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އާދިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއާޕޯޓް ރެސްކިޔުގެ ހުދިމަތް ފުޅާ ކުރުމުގެ މަގުސަދަކީ ކަނޑުގެ ސަރަހައްދުގައި އެއާޕޯޓުްސް ކޮމްޕެނީން ދެމުން ގެންދާ ހިދުމަތުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށް އެއާޕޯޓާ ކައިރި ހިސާބެއްގައި ވެސް ކަނޑުގައި ނުރައްކާތެރި ހާދިސާ އެއް ހިނގައިފިނަމަ އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށެވެ. އަދި ވިދާޅުވީ އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔުގައި ހަރަކާތްތެރި ވާނީ އެމްއެންޑީއެފްއާ އަދި ކައިރި އެހެން ގައުމުތަކުން ކަމާ ގުޅުން ހުރި އެންމެ ފަހުގެ ޓްރޭނިން ހަދާފައިވާ އޮފިސަރުން ކަމަށެވެ.

މިއަދުގެ ރަސްމީއްޔާތުގައި ވަނީ އެއާޕޯޓްސް ކޮމްޕެނީ އަށް އަލަށް ގެނައި ދެ ރެސްކިޔު ބޯޓް ނޫސްވެރިންނަށް ދައްކާލާފައެވެ.އަދި  ކަނޑގައި ނުރައްކާތެރި ހާދިސާ އެއް ހިނގައިފިނަމަ ހަރަކާތްތެރިވާނެ ގޮތުގެ ޑްރިލެއް ވަނީ ނޫސްވެރިންނަށް ދައްކާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް