Advertisement
ކ. މާލެ
|
22 ޖެނުއަރީ 2017 | އާދީއްތަ 19:21
މަރުވެފައިވާ ދެ ފަތުރުވެރިންގެ ހަށިގަނޑު މާލެ ގެންނަނީ
މަރުވެފައިވާ ދެ ފަތުރުވެރިންގެ ހަށިގަނޑު މާލެ ގެންނަނީ
ރާއްޖެއެމްވީ
މަރު
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ
ދެ ފަތުރުވެރިންނަކީ މީރު ފެންފުށި ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް އައިސް ތިބި ދެ ފަތުރުވެރިން
ޚަބަރެއް ނުވެގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ

ދެ ފަތުރުވެރިންގެ ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ހޮނިހިރު ދުވަހުގެ ހެނދުނު ތުޅާގިރި އާއި ބަރޮސް ކައިރިން  ފެނިފައިވާ ދެ ހަށިގަނޑަކީ އެދެމީހުންގެ ހަށިގަނޑު ކަމަށް ފުލުހުން ބުނެފިއެވެ.

މޫދަށް އެރި އުޅެނިކޮށް ޚަބަރެއް ނުވެގެން ހޯދަމުންދިޔަ  ދެ ފަތުރުވެރިންނަކީ މީރު ފެންފުށި ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް އައިސް ތިބި ދެ ފަތުރުވެރިންނެވެ.

އުމުރުން 30 އަހަރުގެ އަންހެން މީހާ އާއި 34 އަހަރުގެ ފިރިހެން މީހާ ޚަބަރެއް ނުވެގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 22:36 ހާއިރުއެވެ.

އެ ދެ މީހުންގެ ހަށިގަނޑި މިހާރު ވަނީ މާލެ ގެނެސް މޯޗަރީ އަށް ލާފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް