Advertisement
ކ. މާލެ
|
22 ޖެނުއަރީ 2017 | އާދީއްތަ 18:43
ޢެޑިއުކޭޝަން މިނިސްޓަރު ޑަސްބިން އާއި ހަވާލު ވަނީ
ޢެޑިއުކޭޝަން މިނިސްޓަރު ޑަސްބިން އާއި ހަވާލު ވަނީ
ފޭސްބުކް
އެޑިއުކޭޝަން މިނިސްޓްރީ
ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

ސްކޫލު ކުދިންނަށް ސާފު މާހައުލެއް އަދާ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އީވް ގާމަންޓުން ރާއްޖޭގެ ސްކޫލްތަކަށް 240  ޑަސްބިން ދީފި އެވެ. 

މި ޑަސްބިންތަކާއި ހަވާލުވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް އެވެ.

މިއީ ޖުމްލަ ހަތަރުލައްކަ ރުފިޔާގެ އަގުގެ ޑަސްބިންތަކެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެ އެވެ.

މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވީ ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމުގައި އަމިއްލަފަރާތްތަކުގެ ހިއްސާ ވަރަށް ބޮޑު ކަމަށާއި އީވް ގާމަންޓުގެ ފަރާތުން ހަވާލުކުރި ޑަސްބިންތަކަކީ ސްކޫލު ކުދިންގެ އުޅުން ވަކި ގޮތަކަށް ބައްޓަންކުރުމުގައި މުހިއްމު ދައުރެއް އަދާކުރުމަށް އެހީތެރިކަމެއް ލިބިގެންދާނެ އެއްޗެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ސްކޫލު ކުދިން މާހައުލު ސާފުތާހިރު ކޮށް ބެލެހެއްޓުމުގެ އާދަ އެ ކުދިންގެ ކިބައިގައި އަށަގެންނެވުމަކީ މުހިންމު ކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް