Advertisement
ކ. މާލެ
|
22 ޖެނުއަރީ 2017 | އާދީއްތަ 17:03
ސްޓެލްކޯ އަށް ގެނައި އާ ޖަނަރޭޓަރު
ސްޓެލްކޯ އަށް ގެނައި އާ ޖަނަރޭޓަރު
ރާއްޖެއެމްވީ
ސްޓެކްޖޯ
ސްޓެލްކޯއަށް 8 މެގަވޮޓް ޖެނަރޭޓަރެއް ގެނެސްފި
އާ ޖަނެރޭޓަރު މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ބޭނުން ކުރަން ފެށޭނެ

މާލޭގެ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސްޓެލްކޯ އިން އަށް މެގަވޯޓުގެ ޖެނަރޭޓަރެއް ހެނެސްފިއެވެ.

ސްޓެލްކޯގެ ސީނިއާ އިންޖިނިއާ އިބްރާހީމް ރައޫފް ވިދާޅުވީ މި ޖަނަރޭޓަރު މިރޭގެ ވަގުތެއްގައި ސްޓޭލްކޯގެ ސައިޓަށް ގެންގޮސް އިންސްޓޯލްކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ.

ރައޫފް ވިދާޅުވީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި މި ޖަނަރޭޓަރު ބޭނުންކުރަން ފެށޭނެ ކަމަށެވެ. މި ޖަނަރޭޓަރު ހިންގަން ފެށުމަށް ބޭނުންވާ ސާމާނުތައް ބެހެއްޓުމުގެ މަސައްކަތް މިހާރުވެސް ފަށައިގެން ކުރިއަށްދާކަން ރައޫފް ފާހަގަކުރެއްވިއެވެ.

ރައޫފް ވިދާޅުވީ އާ ޖެނަރޭޓަރާއެކު ސްޓެލްކޯ އިން މާލެއަށް ކަރަންޓް ފޯރުކޮށްދޭނީ 27 ޖަނަރޭޓަރާއެކު ކަމަށާއި އޭރުން ހޫނު މޫސުމުގައި މާލޭގައި ކަރަންޓް ކެނޑުމަށް ދިމާވާ މައްސަލަތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް