ކ. މާލެ
|
20 ޖެނުއަރީ 2017 | ހުކުރު 03:20
ޝަހީބު: މީގެ ކުރިން މިފަދައިން ޚަބަރުތަކަށް ފާޑެއް ވިދާޅެއްނުވޭ
ޝަހީބު: މީގެ ކުރިން މިފަދައިން ޚަބަރުތަކަށް ފާޑެއް ވިދާޅެއްނުވޭ
މިހާރު
ބްރޯޑްކާސްޓިން ކޮމިޝަން
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
 
ނޫސްވެރިންނާއި އެޑިޓަރުން ވެސް ނޫސްވެރިކަމުގެ ހާމަ ހަމަތައް ދެނެގަންނަންޖެހޭ
 
"ސޮފްޓް" ޚަބަރުތައް މިނެކިރަން ބޭނުންކުރަނީ ކޮންކަހަލަ އުސޫލެއް

ނޫސްވެރިން ޚަބަރުތައް ލިޔަމުންދާ ގޮތާއި މެދު ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ފާޑު ވިދާޅުވެއްޖެ އެވެ.

ޝަހީބު އޭނާގެ ފޭސްބުކް ގައި ވިދާޅުވެފައިވަނީ ބައެއް އޮންލައިން ނޫސްތަކުގެ ބްރޭކިން ޚަބަރުތަކާއި އެހެނިހެން ޚަބަރުތައް ފެނުމުން އެއީ ވެސް ހަމަ ނޫސްވެރިކަންތޯ ހިތަށް އަރާ ކަމަށެވެ.އަދި ނޫސްވެރިކަމުގެ ހަމަތަކާއި މިންތައް މިވަނީ މުޅިން އޮޅުވާލައި، އޮޅާލާފައި ނޫންތޯ ވެސް ހިތަށް އަރާ ކަމަށް ޝަހީބު ވިދާޅުވެފައިވެ އެވެ. ޝަހީބު ވިދާޅުވީ މުހިންމު ޚަބަރުތަކާއި އާދައިގެ "ސޮފްޓް" ޚަބަރުތައް މިނެކިރަން ބޭނުންކުރަނީ ކޮންކަހަލަ އުސޫލެއްތޯބާވައޭ ވެސް ހިތަށް އަރާ ކަމަށެވެ.

 

މީގެއިތުރުން، އޭނާ ވިދާޅުވީ މިފަދަ އަސާސީ މައްސަލަތައް ހައްލުވާނީ ނޫސްވެރިންނާއި އެޑިޓަރުން ވެސް ނޫސްވެރިކަމުގެ ހާމަ ހަމަތައް ދެނެގަނެ، ޚަބަރުތައް ހަދާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން ކަމަށެވެ.

 

މިއީ ކޮންކަމަކާ ގުޅިގެން ލިޔުއްވި ކުރެއްވި ޕޯސްޓެއްތޯ ރާއްޖެއެމްވީ އިން ޝަހީބާ ސުވާލުކުުރުމުން އޭނާ ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އިތުރު ސުވާލެއް ކުރަންޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، އެއީ އޭނާގެ ޚިޔާލު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް