ކ. މާލެ
|
18 ޖެނުއަރީ 2017 | ބުދަ 00:29
މާލޭ ނޯތް ހާބަރ: ވެހިކަލް ވަންނަ ކޮންމެފަހަރަކު ފީނަގާނެ
މާލޭ ނޯތް ހާބަރ: ވެހިކަލް ވަންނަ ކޮންމެފަހަރަކު ފީނަގާނެ
ގޫގުލް
ނޯތް ހާބަރު
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
 
ލޮރީއާއި ވޭނާއި ބޮޑެތި ޕިކަޕަށް ކޮންމެ ފަހަރަކު 10 ރުފިޔާ ދައްކަން ޖެހޭ
 
މާދަމާއިން ފެށިގެން ކާރާއި ކުދި ޕިކަޕަކަށް ވަދެވޭނީ ކޮންމެ ފަހަރަކު 5 ރުފިޔާ ދީގެން
 
ކުރިން ދުވާލަކަށް ނަގަނީ 11 ރުފިޔާ

މާލޭ ނޯތު ހާބަރަށް އެއްގަމު އުޅަނދު ވަންނަ ކޮންމެ ފަހަރަކު އެ ވެހިކަލަކުން ފީއެއް ނަގާ ގޮތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ހަމަ ޖައްސައިފިއެވެ.

އެމްޕީއެލްއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި ފީ ބުދަ ދުވަހު (މާދަމާ)ން ފެށިގެން ނަގާނެ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ބުދަ ދުވަހުން ފެށިގެން ނޯތު ހާބަރަށް ވަންނަ ކާރާއި ކުދި ޕިކަޕަކުން ވަންނަ ކޮންމެ ފަހަރަކަށް ޖީއެސްޓީއާއެކު 5 ރުފިޔާ ނަގަމުން ގެންދާނެ ކަމަށެވެ. އަދި ބޮޑު ޕިކަޕް، ލޮރީ، ވޭން ފަދަ ތަކެތިން ވަންނަ ކޮންމެ ފަހަރަކަށް ޖީއެސްޓީއާއެކު 10 ރުފިޔާ ނަގާނެ ކަމަށް ވެސް އެމްޕީއެލްގެ އިއުލާނުގައި ބުނެފައިވެއެވެ.

މީގެ ކުރިން ކޮންމެ ވެހިކަލެއްވެސް އެ ސަރަހައްދަށް ވަނުމަށް ނަގަނީ ދުވާލަކަށް 11 ރުފިޔާއެވެ.

މީގެ އިތުރުން އެސަރަހައްދުގައި ސައިކަލް ޕާކް ކުރެވޭ ގޮތަށް ވެސް މިހާރު ވަނީ ހަމަޖައްސައިފައެވެ. އެގޮތުން ނޯތު ހާބަރުގައި އެއް ގަޑިއިރަށް 5 ރުފިޔާގެ ފީއެއް ދެއްކުމަށްފަހު ޕާކް ކުރެވޭނެ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ. ކުރިން އެ ސަރަހައްދަކަށް ސައިކަލަކަށް ނުވަދެވެއެވެ. އަދި ޕާކެއްވެސް ނުކުރެވެއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި ނޯތު ހަބަރަށް އެއްބަޔަކު އަންނި ޖެޓީއޭ ކިޔާއިރު މިސަރުކާރުން ވަނީ އެތަނުގެ ނަން މީރުބަހުރު ބަނދަރުގެ ނަމަށް ބަދަލު ކޮށްފައެވެ. ނަމަވެސް މިހާރު ވަނީ އެނަން އަނެއްކާވެސް ނޯތު ހާބަރަށް ބަދަލުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް