ކ. މާލެ
|
17 ޖެނުއަރީ 2017 | އަންގާރަ 17:00
ބަންގްލަދޭޝްގެ ޗިޓަގޮންގްގައި ހުންނަ ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގައި މެޑިސިން ކިޔަވަމުންދާ ގިނަ އަދަދެއްގެ ދިވެހި ކިޔަވާ ކުދިން މުޒާހަރާގައި
ބަންގްލަދޭޝްގެ ޗިޓަގޮންގްގައި ހުންނަ ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގައި މެޑިސިން ކިޔަވަމުންދާ ގިނަ އަދަދެއްގެ ދިވެހި ކިޔަވާ ކުދިން މުޒާހަރާގައި
ފޭސްބުކް
ކިޔަވާ ކުދިން
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
ރަޖިސްޓްރޭޝަންގެ މައްސަލަ ހައްލު ކުރުމަށް އެހެން ގައުމުތަކާ ގުޅިގެން ދަނީ މަސައްކަތް ކުރަމުން
ރާއްޖެއިން ބަންގްލަދޭޝް އަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މިރޭ ފުރާ ވަޑައިގަންނަވާނެ
ރަޖިސްޓްރީ ކުރުމުގައި މައްސަލަ ދިމާވީ މެޑިކަލް ކައުންސިލުން ކަނޑައަޅާފައިވާ ވަރަށްވުރެ އިތުރަށް ޔުނިވާސިޓީން ކުދިންނަށް ޖާގަ ދިނުމުން

ބަންގްލަދޭޝްގެ ޗިޓަގޮންގްގައި ހުންނަ ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގައި މެޑިސިން ކިޔަވަމުންދާ ގިނަ އަދަދެއްގެ ދިވެހި ކިޔަވާ ކުދިން ބަންގްލަދޭޝް ޑެންޓަލް އެންޑް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީ ކުރުމުގައި ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ބެމްގްލަދޭޝް ސަރުކާރާ މަޝްވަރާ ކުރަމުންދާ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ ބަންގްލަދޭޝްގެ ޗިޓަގޮންގްގައި ހުންނަ ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ރަޖިސްޓްރީ ކުރުމުގައި މައްސަލަތަކާ ކުރިމަތިލާން ޖެހިފައި ވަނީ ހަމައެކަނި ދިވެހި ކިޔަވާ ކުދިންނަށް އެކަނި ނޫން ކަމަށެވެ. އެގޮތުން އެ ޔުނިވާސިޓީގައި ކިޔަވަމުންދާ އެހެން ގައުމުގެތަކުގެ ދަރިވަރުންނަށް ވެސް އެ މައްސަލަ ދިމާވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

 

ފޮރިން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި ގޮތުގައި ބަންގްލަދޭޝްގެ ޑެންޓަލް އެންޑް މެޑިކަލް ކައުންސިލުން ކޮންމެ އަހަރަކު ވެސް އެ ގައުމުގައި މެޑިސިން ކިޔަވާދޭ ކޮންމެ ޔުނިވާސިޓީއަކަށް ވެސް ޖާގަ ދެނީ ވަކިމިންވަރަކަށެވެ. ނަމަވެސް ޗިޓަގޮންގް ޔުނިވާސިޓީ މެޑިކަލް ކަންސިލުން ކަނޑައަޅާފައިވާ މިންވަތަކަށް ވުރެ އިތުރަށް ޖާގަދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީ ކުރުމުގައި މައްސަލަ ދިމާވީ އެކަމުގެ ސަބަބުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

 

އޭނާ ވިދާޅުވީ މެޑިސިން ކިޔަވާ ދިވެހިން ކުދިންގެ ރަޖިސްޓްރޭޝަންގެ ކަންތައްތައް ހައްލު ކުރުމަށް އިންޑިއާ އަދި އެހެން ވެސް ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި އަދި މިރޭގެ ވަގުތެއްގައި ރާއްޖެއިން ބަންގްލަދޭޝް އަށް ކަނޑަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޝާނާ ޝާކިރު ވެސް ބަންގްލަދޭޝް އަށް ފުރާވަޑައިގަންނަވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

 

ކަނޑައެޅިފައި އޮންނަ އުސޫލުން ބަންގްލަދޭޝްގެ މެޑިކަލް ބޯޑުގައި ދަރިވަރުން ރެޖިސްޓްރީ ކުރަނީ ޔުނިވަރސިޓީގެ ފަރާތުންނެވެ.

 

އެހެން ނަމަވެސް އެ ޔުނިވާރސިޓީގެ 25 އަދި 26 ވަނަ ބެޗްގެ ދަރިވަރުން ޔުނިވަރސިޓީގެ ފަރާތުން ރަޖިސްޓްރީ ކޮށްދީފައި ނުވާއިރު އެކަން ދަރިވަރުންނަށް އަންގާފައި ވެސް ނުވާ ކަމަށް ރާއްޖެ އެމްވީއާ ވާހަކަ ދެއްކި ދަރިވަރު ބުންޏެވެ.

 

މިހިނގާ ޖެނުއަރީ މަހުގެ 23 ގައި އެމްބީބީއެސް އިމްތިހާންތައް ފަށާއިރު ބަންގްލަދޭޝް މެޑިކަލް ކައުންސިލްގައި ރެޖިސްޓްރީ ނުކޮށްދޭ ހާހެއްހާ ދަރިވަރުން އެބަ ތިއްބެވެ. އޭގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑިޔާ ސްރީ ލަންކާ އަދި ބޫޓާންގެ ދަރިވަރުން ހިމެނެއެވެ

 

ރަޖިސްޓްރޭޝަން ކަންކަން ފުރިހަމަ ނުވަނީސް ޔުނިވާރސިޓީގައި ކިޔެވުމުގެ ހަރަކާތްތަކާއި އިމްތިހާންތައް ބޭއްވުމަށް ދަރިވަރުންނަށް ފުރުސަތެއް ނުދޭނެ ކަމަށް ވެސް އެ ދަރިވަރު ބުންޏެވެ.

- ކޮމެންޓް