ކ. މާލެ
|
17 ޖެނުއަރީ 2017 | އަންގާރަ 14:49
ހަސަން ލަތީފްގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން
ހަސަން ލަތީފްގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން
ރާއްޖެއެމްވީ
އެމްޑީޕީ
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
އެމްޑީޕީގެ ޗެއާރޕާސަންގެ މަގާމާ ކުރިމަތި ލައްވާފައިވަނީ ހަސަން ލަތީފް އެކަނި
އިންތިހާބު އޮތީ ފެބްރުއަރީ 10 ގައި
މިރޭ ތިނަދޫގައި

އެމްޑީޕީގެ ޗެއާރޕާސަންގެ މަގާމަށް ކުރިމަތި ލައްވާފައިވާ ހަސަން ލަތީފްގެ ކެމްޕެއިނާ އެމްޑީޕީގެ ވަރުގަދަ ކުރުމަށް ހިންގާ ހަރަކާތުގެ ތެރެއިން ގދ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން މަޝްވަރާ ބައްދަލުވުންތަކާއި ދޮރުން ދޮރަށް ހިނގުންފަދަ ކެމްޕެއިންގެ ހަރަކާތްތައް ވަރަށް ފޯރިއާއެކު ކުރިއަށް އެބަދެ އެވެ.

 

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ބުނީ އެ ޓީމް ގދ އަތޮޅުގެ ރަށްރަށަށް ފުރާފައިވަނީ އާދިއަތަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށާއި އަންގާރަ ދުވަހާ ހަމައަށް އައިއިރު ގދ. އަތޮޅުގެ ގިނަ ރައްރަށަށް ހަސަން ލަތީފް ވަޑައިގެން ކެމްޕއިން ހަރަކާތްތަކާއި މަޝްވަރާ ބައްދަލުވުންތައް ބާއްވަވާފައިވާ ކަމަށެވެ.

 

އެގޮތުން ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅަށް ކުރެއްވާ ދަތުރުގައި ފުރަތަމަ ވަޑައިގެންނެވީ މަޑަވެއްޔަށް ކަމަށާއި މަޑެވެލިން ހޯޑެއްދޫއަށް ހޯޑެއްދޫއިން ނަޑެއްލާއަށް ނަޑެއްލާއިން ރަތަފަންދޫއަށް ވަޑައިގެން އެ ރަށްރަށުގައި މަޝްވަރާ ބައްދަލުވުންތަކާއި ކެމްޕެއިން ހަރަކާތްތައް ހިންގެވުމަށްފަހު ހޯމަ ދުވަހުގެ ރޭ ފަރެސްމާތޮޑާއަށް ވަޑައިގެން މަޝްވަރާ ބައްދަލުވުންތައް ބާއްވަވާފައިވާ ކަމަށް ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ބުނެއެވެ.

 

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ބުނީ އަންގާރަ ދުވަހުގެ ހެންދުނު ފަރެސްމާތޮޑާއިން ފިޔޯރީއަށްމ ފިޔޯރީއިން ވާދޫއަށް، ވާދޫއިން ގައްދޫއަށް ގައްދޫއިން ދެއްވަދޫއަށް ވަޑާއިގެން ހަމަ އެރަށްރަށުގައިވެސް މަޝްވަރާ ބައްދަލުވުންތަކާއި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށާއި އަންގާރަ ދުވަހުގެ ރޭ ތިނަދޫއަށް ވަޑައިގެން ތިނަދޫގައި ވެސް ކެމްޕެއިންގެ ގިނަ ހަރަކާތްތަކެއް ހިންގަވާނެ ކަމަށް ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން މައުލޫމާތު ދެއެވެ.

 

ހަސަން ލަތީފް މިދިއަ ހަފްތާގައި ވަނީ ނ އަދި ޅ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މަޝްވަރާބައްދަލުވުންތަކާއި ކެމްޕެއިންގެ ހަރަކާތްތައް ހިންގަވާފައެވެ. ހަސަން ލަތީފްގެ ކެމްޕެއިން ޓީމުންދަނީ މާލޭގައި ވެސް ދޮރުން ދޮރުން ހިނގުންފަދަ ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ.

 

އެމްޑީޕީގެ ޗެއާރޕާސަން ކަމުގެ މަގާމަށް ކުރިމަތި ލައްވާފައިވަނީ ހަސަން ލަތީފް އެކަންޏެވެ.

 

މި ކެމްޕެއިން ހަރަކާތްތަކުގައި ހަސަން ލަތީފް ވަނީ، އެމަނިކުފާނަށް އެމްޑީޕީގެ ޗެއަރޕާސަންކަން ކާމިޔާބު ވެއްޖެ ނަމަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

 

އެމްޑީޕީގެ ޗެއަރޕާރސަންގެ އިންތިޚާބުގެ ވޯޓްލުން 10 ފެބްރުއަރީ 2017 ވާ ހުކުރު ދުވަހު ބާއްވާގޮތަށް އެޕާޓީން ވަނީ ނިންމާފަ އެވެ.

- ކޮމެންޓް